މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަމުގެ އުޞޫލުން ކުއްޔަށްދޫކުރާ ބިންތަކުގެ މަޢުލޫމާތު

އިޢުލާން

                  މި އިޢުލާނުގައި ބިންތައްދޫކުރާ ބޭނުންކަމަށް ބުނެފައިވާ މަސައްކަތްތައް މިބިމުގައި ކުރުމަށް ޝައުޤުވެރިވެ ލައް

     ވަވާ ފަރާތްތަކުން " ބީލަމުގެ އުޞޫލުން މ. މަޑުއްވަރިން ބިންކުއްޔަށް ހިފުމަށްއެދޭފޯމް " ފުރިހަމަ ކުރައްވަވާ ހުށަހެޅުއްވުން އެދެމެވެ.

     މިފޯމް ބަންދުނޫން ދުވަސްތަކުގައި 9:00 އިން 14:00އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ލިބޭނެއެވެ. ފޯމްގައިވާ މަޢުލޫމާތުތައް

     ފުރިހަމަ ކުރައްވަވާ މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް ފޯމް ހުށަހަޅުއްވާނީ 2021 އޮކްޓޫބަރ 20 ވާ ބުދަ ދުވަހުގެ 13:30 ގައި

     މ. މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވަނިމާލަމަށް ދުރުވެ ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅަން ވާނީ ސިޓީ އުރައަކަށްފޯމް

     ލައި ސީޓީއުރަ ބަންދު ކޮށްގެންނެވެ. ސިޓީ އުރަ ކަނޑާނީ ފޯމް ހުށަހަޅަން އައި  ހުރިހާ މީހުންގެ ޙާޟިރުގައެވެ. ފޯމް ހުށަހަޅަން ބުނެ

     ފައިވާ ގަޑީގެފަހުން ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

     ބީލަމުގެ އުޞޫލުން ދޫކުރާބިމުގެ މަޢުލޫމަތު

1-    މަހުންތަކެތި އުފެއްދުމާއި ސިނާއީ މަސައްކަތްތަކުގެ ވިޔަފާރިއަށް ދޫކުރާ 3 ބިމާބެހޭ މަޢުލޫމަތު 

 v        މި 3 ބިން އޮތްތަން :  ނެޓްބޯލް ކޯޓްގެ އިރުން އަތިރިމަތީ ގޮޑުދޮށުގައެވެ.

v        ބިމެއްގެ ބޮޑުމިން : 30X60 (1800 އަކަފޫޓްގެ )

v        ބިމުގައި ކުރެވޭނެ ބޭނުން : މަހުންތަކެތި އުފެއްދުމުގެ މަސައްކަތާ ، ސިނާއީ ތަފާތު މަސައްކަތްތަކެވެ.

v        ބިމުގެ ސިފަ : މިބިމަކީ 2 ފަރާތުގެމިން އެއްވަރު ހަތަރެސްކަން ހަމަވާ ބިމެކެވެ.

v        ބިންކުއްޔަށް ދޫކުރާ މުއްދަތު : ގިނަވެގެން 30 (ތިރީސްއަހަރު ދުވަހަށް)

v        ބިމަށް ކުލި ނަގާނެ މިންވަރު : ބިމުގެ އަކަފޫޓަކަށް މަދުވެގެން 75/= ލާރީގެ ރޭޓުން ޖެހޭ ޢަދަދެވެ.

 2 – ވިޔަފާރި އުސޫލުން ކުރަންބޭނުންވާ މަސައްކަތް ކުރުމަށް ދޫކުރާބިން

v           ބިން އޮތްތަން : ފުޓްބޯޅަ ދަނޑުގެ ހުޅަގުދެކުނުން ތެއު ބިމުގެ ދެކުނުން އެއްއިންވެގެން އޮތްބިން.

v           ބިމުގެ ބޮޑުމިން : 50X50  (2500އަކަފޫޓް)

v           ބިމުގައި ކުރެވޭބޭނުން : ކާބޯތަކެތި އުފައްދާ ވިއްކުމުގެ ވިޔަފާރި ފިޔަވައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދު ހުއްދަކުރާ ވިޔަފާރިތައް.

v           ބިމުގެ ސިފަ : މިބިމަކީ 4 ފަރާތުގެމިން އެއްވަރު ހަތަރެސްކަން ހަމަވާ ބިމެކެވެ.

v           ބިން ކުއްޔަށްދޫކުރާ މުއްދަތު : ގިނަވެގެން 30 (ތިރީސްއަހަރު ދުވަސް)

v           ބިމަށް ކުލިނަގާނެ މިންވަރު : މަސްދުވަހުގެ ކުލިނަގާނީ ބިމުގެ އަކަފޫޓަކަށް މަދުވެގެން 75/= ލާރީގެ ރޭޓުން ޖެހޭ ޢަދަދުގެ ފައިސާއެވެ.

3 – ވިޔަފާރި އުސޫލުން ކުރަންބޭނުންވާ މަސައްކަތް ކުރުމަށް ދޫކުރާބިން

v           ބިންއޮތްތަން : ކޭބަލްޓީވީ ޢިމާރާތުގެ އިރުން ޖެހިގެން އޮތްބިން

v           ބިމުގެ ބޮޑުމިން : 27X66 ( 1620އަކަފޫޓް )

v           ބިމުގައި ކުރެވޭނެ ބޭނުން : ކާބޯތަކެތި އުފައްދާ ވިއްކާ ، ޑީޓައިލް ، ހޯލްސޭލް ، ވިޔަފާރި

v           ބިން ކުއްޔަށް ދޫކުރާ މުއްދަތު :  ގިނަވެގެން 30 (ތިރީސްއަހަރު ދުވަސް)

v           ބިމަށް ކުލި ނަގާނެގޮތް : މަސްދުވަހުގެ ކުލިނަގާނީބިމުގެ އަކަފޫޓަކަށް މަދުވެގެން 75/= ލާރީގެ ރޭޓުންޖެހޭ ޢަދަދުގެ ފައިސާއެވެ.

v           ބިމުގެ ސިފަ : މިބިމަކީ އިރު ، ހުޅަނގު އެއްވަރަށް ދިގުކޮށްއޮތް ހަތަރުކަން އެއްވަރު ބިމެކެވެ.

 ބިންކުއްޔަށް ހިފާ ފަރާތުގައި ހުންނަން ޖެހޭ ޝަރުޠު:

1-      ދިވެހިރާއްޖޭގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކޮށްފައިވާ ކުންފުއްޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ބިދޭސީ ވިޔަފާރިއެއް ކަމަށްވުން .

2-      ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ބިންގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވާލުމާއި ، މަކަރާއި ހީލަތްހެދުމާއި ، ފްރޭމްގެ ކުށެއް ސާބިތުވެފައި ނުވުމާއި އެއްވެސް ހުކުމެއް ތަންފީޒު ކުރަމުންދަ ޤާނޫނީ ޝަޚްސަކަށް ނުވުން.

3-      އިފްލާސް ކޮށްފައިވާ ޤާނޫނީ ޝަޚްސަކަށްނުވުން.

ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތް :

v     ކުލީގެގޮތުގައި ހުށަހަޅާ އެއްމެބޮޑު ކުއްޔަށް %40

v     ކުއްޔަށް ނެގުމަށް ހުށަހަޅާ ފަރާތުގެ މާލީތަނަވަސް ކަމަށް (ބަލާނީ ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓް މަންޓަށެވެ.)

v     ސީއެސްއާރުގެ ގޮތުގައި ހުށަހަޅާ ފައިސާގެ އަދަށް %50

      ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ހުށަހަޅާފައިވާ އެއްމެމަތީއަގަކީ  ބެންޗްމާކް ކަމަށް ބަލައިގެންނެވެ.

      ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ސެޕްޓެންބަރު 2021
ހޯދާ