މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

 

        (IUL)MMPRC-PRO/1/2021/43 :ނަންބަރ                                                          

އިޢުލާން

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް، މި ކޯޕަރޭޝަންގެ އައު ފަންގިފިލާގެ އިމާރާތަށް ބޭނުންވާ، ސެންޓްރަލް އެއަރ ކޮންޑިޝަން އަމިއްލަ ތަކެތީގައި ހަރުކޮށްދިނުމާއި، މެއިންޓެނެންސްކޮށްދިނުމާއި އަދި ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.       

ވީމާ،  މި މަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 އޮކްޓޯބަރ 4 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޕަރޭޝަނަށް (ހ.ޒޮނާރިއާ، 2 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 އޮކްޓޯބަރ 11 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިއިޢުލާނާއެކު މި ފަންގިފިލާގެ ކުރެހުން އެއްއުރަކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 2021 އޮކްޓޯބަރ 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:30 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

އީމެއިން އެޑްރެސް: [email protected] copy to [email protected]

ނަން: ފާތިމަތު ރަހީލް

މަޤާމް: ޑިރެކްޓަރ

                    21 ޞަފަރު 1443

                    28 ސެޕްޓެމްބަރ 2021

 

 

28 ސެޕްޓެންބަރު 2021
ހޯދާ