ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މިއަހަރު ޖުލައި މަހުގައި ކަރަންޓު ބިލު ބޮޑުވިކަމަށް ފާހަގަކުރެވިފައިވާ ކަމުގެ ޝަކުވާއާއި ގުޅޭ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޖުލައި މަހުގައި ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަރަންޓު ބިލުތައް ބޮޑުވެފައި ހުރިކަމުގެ ޝަކުވާ ނޫސްތަކާއި މީސް މީޑިއާއިން މި އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައި ވާތީ، 30 ޖުލައި 2021 ގައި މި މައްސަލަ ބެލުމަށް ފެއްޓުނެވެ.

މިގޮތުން މި މައްސަލަ ބެލުމަށްފަހުގައި، މައްސަލަ ދިމާވާންވީ ސަބަބުތައް ދެނެގަތުމާއި، ލިބިފައިވާ ޝަކުވާތަކާއި ބިލުތަކުގެ ތަފާސް ހިސާބަށް ބަލައި މި މައްސަލަ ބަލާފައި ރިޕޯރޓެއް އެކުލަވާލެވުނެވެ. މައްސަލަ ބެލުމަށް ކުރި ދިރާސާއިން ހޯދުނު ހޯދުންތަކުން އެނގުނުގޮތުގައި  ބައެއް ކަސްޓަމަރުންނަށް ބިލް ބޮޑުވެފައިވާކަމަށް މި އޮތޯރިޓީއަށް ފާހަގަކުރެވުނު މައިގަނޑު ސަބަބުތައް ތިރީގައި އެވަނީއެވެ.

  • ސްޓެލްކޯއިން ޖުލައި މަހުގައި ފޮނުވާފައި ބިލަކީ ގާތްގަނޑަކަށް ޖޫން 10 އިން ޖުލައި 10 އާ ދެމެދުގައި ކަރަންޓް ބޭނުންކޮށްފައި ވާ ވަރަށް ބިލްކޮށްފައިވާ ބިލުތަކަކަށް ވިޔަސް، ބިލް ފޮނުވާފައިވަނީ ޖުލައި މަހުގެ ފަހުކޮޅުގައިކަމަށްވާތީ، ޢީދު ބަންދުގެ މުއްދަތު (ޖުލައި 19- 30 އަށް) ބިލުކުރި މުއްދަތު ހިމެނިފައި ނުވުމެވެ. އެހެންކަމުން ޢީދު ބަންދުގައި ކަސްޓަމަރުން ބޭނުންކުރި ވަރު ޖުލައި މަހުގައި ލިބުނު ބިލުތަކުގައި ހިމެނިފައި ނުވާތީ އެ ބިލުތައް ކުޑަ ނުވީއެވެ. ޢީދު ބަންދުގެ މުއްދަތުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ފެންނާނީ އޮގަސްޓު މަހުގައި ލިބުނު ބިލުތަކުންނެވެ.
  • ޖޫން މަހުގައި ކަސްޓަމަރުންނަށް ލިބިފައިވާ ބިލުތަކަށް (މެއި އިން ޖޫން އަށް ކަރަންޓު ބޭނުންކުރިވަރު) ސަރުކާރުން %40 ގެ ޑިސްކައުންޓެއް ދީފައިވެއެވެ. ނަމަވެސް ޖުލައި މަހުގައި ކަސްޓަމަރުންނަށް ލިބިފައި ވާ ބިލުތަކުގައި ޑިސްކައުންޓް ހިމެނިފައި ނުވާތީ އެ ތަފާތު ބިލުތަކުން ދެއްކީއެވެ. 

 

ދިރާސާ ރިޕޯޓް މި އޮތޯރިޓީގެ ވެބްސައިޓް (www.ura.gov.mv) ގައި ޝާއިޢުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

21 ސަފަރު     1443

28 ސެޕްޓެމްބަރ  2021

28 ސެޕްޓެންބަރު 2021
ހޯދާ