ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2021/42 : ނަންބަރ
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް، މި ކޯޕަރޭޝަންގެ އައު ފަންގިފިލާގައި ޕާރޓިޝަންޖެހުމުގެ (ބިއްލޫރި އަދި އެލްމިނިއަމް) މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 އޮކްޓޯބަރ 3 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:30 އަށް މި ކޯޕަރޭޝަނަށް (ހ.ޒޮނާރިއާ، 2 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 އޮކްޓޯބަރ 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިއިޢުލާނާއެކު މި ފަންގިފިލާގެ ކުރެހުން އެއްއުރަކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 2021 އޮކްޓޯބަރ 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:30 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އީމެއިން އެޑްރެސް: [email protected] copy to [email protected]
ނަން: ފާތިމަތު ރަހީލް
މަޤާމް: ޑިރެކްޓަރ
20 ޞަފަރު 1443
27 ސެޕްޓެމްބަރ 2021