މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންޖިނިއަރ

މަޤާމް :އެންޖިނިއަރ
ބޭނުންވާ އަދަދު :1

އިޢުލާން

 

މަޤާމް:

އެންޖިނިއަރ

މަޤާމުގެ ނަންބަރު:

J-318751

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1                            

ޑިޕާޓްމަންޓް / ސެކްޝަން:

ޕަބްލިކް ވޯކްސް ސަރވިސަސް ޑިޕާޓްމަންޓް، އޮޕަރޭޝަންސް ސެކްޝަން، ވޯކްޝޮޕް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3,500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ސަޕޯޓިންގ ކޯ އެލަވެންސް: 900/- ރުފިޔާ (މަހަކު) ނުވަތަ:
  3. ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ 28% (މަހަކު).
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެއްގަމުގައި ދުއްވާ އެކްސްކަވޭޓަރުތަކާއި، ކްރޭނާއި، ޑަމްޕް ލޮރީ ތަކާއި، ބެކްހޯ ލޯޑަރު ތަކާއި، ލޯޑަރު ތަކާއި، ރޯލަރު ތަކާއި، ގްރޭޑަރުތަކާއި، ޕޭވަރުތަކާއި، ވޯޓަރ ބައުޒަރުތަކާއި، ފޯކްލިފްޓްތަކާއި، ޑަބަލްކެބް އަދި ސިންގަލް ކެބް ތަކާއި، ވޭނާއި، ބަހާއި، ކާރާއި، އެމްބިއުލާންސާއި، ޕިކަޕް ލޮރީ ފަދަ ތަކެތި ސަރވިސްކޮށް މަރާމާތު ކުރުމުގެ މަސައްކަތް އިންތިޒާމްކޮށް މިފަދަ މަސައްކަތްތައް ކުރުމާއި، އަދި އެހެން މުވައްޒަފުން ލައްވާ ކުރުވުން.
  2. ކަނޑުގައި ދުއްވާ ލޭނޑިންގ ކްރާފްޓާއި، ޑްރެޖަރާއި، ސްޕީޑް ބޯޑް، ސްޕީޑް ލާންޗް، ޑިންގީ ފަދަ ތަކެތީގެ އިންޖީނު ތަކާއި، ޕެނަލްތަކާއި، ވަޔަރިންއަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމްކޮށް މިފަދަ މަސައްކަތްތައް ކުރުމާއި، އަދި އެހެން މުވައްޒަފުން ލައްވާ ކުރުވުން.
  3. ތިލަފުށި ސައިޓާއި އެހެނިހެން ސައިޓްތަކުގެ ކަރަންޓް އުފައްދާ ޖަނަރޭޓަރުތަކާއި އިންޖީނުގޭގެ އެހެނިހެން ވަޞީލަތްތަކާއި، ފެން ޕްލާންޓް ފަދަ ތަކެތި ސަރވިސްކޮށް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ގާ އަޅާ މެޝިންތަކާއި، ވިންގެޓް މެޝިންތަކާއި، ތާރު ޕްލާންޓްތަކާއި، ތާރު ކަފާ މެޝިނާއި، އެސްފާލްޓް ސްޕްރޭޔަރ ފަދަ ތަކެތި ޝެޑިއުލާއި އެއްގޮތަށް ސަރވިސްކޮށް މަރާމާތު ކުރުމުގެ މަސައްކަތް އިންތިޒާމްކޮށް މިފަދަ މަސައްކަތްތައް ކުރުމާއި، އަދި އެހެން މުވައްޒަފުން ލައްވާ ކުރުވުން.
  5. ކޮންނަބޯޓުގެ ދަތްގަނޑުތަކާއި، ހޮޅިލޭނާއި، ވިންޗްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މަސައްކަތް އިންތިޒާމްކޮށް މިފަދަ މަސައްކަތްތައް ކުރުމާއި، އަދި އެހެން މުވައްޒަފުން ލައްވާ ކުރުވުން.
  6. އިޓްރިކަލް އަދި އިލެކްޓރޯނިކްސްއާއި ގުޅޭ ނިޒާމްތަކާއި، މެޝިނަރީޒްތައް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމްކޮށް މިފަދަ މަސައްކަތްތައް ކުރުމާއި، އަދި އެހެން މުވައްޒަފުން ލައްވާ ކުރުވުން.
  7. ޑިޕާރޓްމަންޓުގެ މަސައްކަތް ހިނގަމުންދާ އެކި ސައިޓްތަކަށް ދަތުރުކޮށް، ސައިޓްތަކުގައި ކުރަންޖެހޭ ތަފާތު ފަންނީ މަސައްކަތްތައް ކުރުމާއި، އެކިކަންކަމާއި ގުޅޭގޮތުން ހުށަހަޅަންޖެހޭ ފަންނީ ރިޕޯރޓްތައް ތައްޔާރު ކުރުން.
  8. ޔުނިޓުގެ މަސައްކަތްތައް ރާވާ ހިންގުމާއި، އެވަގުތަކު ކުރަންޖެހޭ މަސައްކަތްތައް އިސްކަންދޭންޖެހޭ ގޮތެއްގެ މަތިން ތަރުތީބުކޮށް އެކި މަސައްކަތްތަކަށް ވަކިވަކި ޓީމްތައް އެކުލަވާ ލުމާއި، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ސުޕަވައިޒްކޮށް މުވައްޒަފުންގެ ދޭންޖެހޭ އިރުޝާރު ދިނުމާއި، ކުރެވޭ މަސައްކަތް ތަކާގުޅޭ ލިޔެކިއުންތައް ފުރިހަމަކޮށް ބެލެހެއްޓުން. 
  9. މަސައްކަތަށް ބޭނުންވާ ސްޕެއަރޕާރޓްސްއާއި ޓޫލްފަދަ ތަކެތި ބޭނުންވާ މިންވަރަށް ހޯދުމަށް ކުރަންޖެހޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނާއި ގުޅިގެން ކުރުން.
  10. މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމާއި، މިފަދަ ކަންކަމުގައި ބޭނުންވާނެ ފަންނީ މަޢުލޫމާތު މަސައްކަތްކުރާ މުވައްޒަފުންނަށް ދިނުމާއި، މަސައްކަތުގައި ބޭނުންކުރާ ޓޫލްސާއި، ހިފާގެންގުޅޭ ސާމާނާއި، އެންމެހާ އާލާތްތައް ސާފުކުރުވާ، ތަރުތީބުން ރައްކާތެރިގޮތުގައި ބެލެހެއްޓޭކަން ކަށަވަރު ކުރުން.
  11. ހަވާލުކުރެވިފައިވާ ހުރިހާ މަސައްކަތްތައް ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އުޞޫލްތަކާއި އެއްގޮތަށް، އަދި ޔުނިޓް ހިންގުމާއި ހަވާލުވެ ހުންނަވާ ވެރިއެއްގެ އިރުޝާދާއެކު ފުރިހަމަ ކުރަމުން ގެންދިއުން.

 

މަޤާމުގޝަރުޠުތައް:

 

1.މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް، ވަޒީފާގެ ދާއިރާތައް އަދި ކޯ ޑިސިޕްލިން:

- ސިވިލް އިންޖިނިއަރިންގ

- ސްޓަކްޗަރަލް އިންޖިނިއަރިންގ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދުކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

 އަސާސީ ޝަރުތު ހަމަވުން

30

 

 އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ    

5

 

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)     

15

 

ޕްރެޒެންޓޭޝަން                 

10

 

އިންޓަރވިއު                  

30

 

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މި ކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް، ތަޢުލީމާއި ތަޖުރިބާގެ ބަޔަށް ޕޮއިންޓުދޭނީ ޝަރުޠު ހަމަކުރުމަށް ބޭނުންކުރި ސެޓުފިކެޓާއި ތަޖުރިބާ ހިމެނޭގޮތުން ހާސިލުކޮށްފައިވާ ތަޢުލީމާއި ތަޖުރިބާއަށެވެ.
  3. އިދާރާއިން ބޭނުންވާ ނަމަ، މި ކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް އިންޓަރވިއުގެ އިތުރުން އިމްތިޙާނު/ޕްރެކްޓިކަލްސް ދެވިދާނެއެވެ. މިގޮތަށްދޭ ނަމަ، ލިބިފައިވާ ހުނަރުގެ ބަޔަށް ކަނޑައަޅާފައިވާ 50 އިންސައްތައިގެ ދެބައިކުޅައެއްބަޔަށް ވުރެ އިތުރުނުވާ ގޮތަށް، ޕްރެކްޓިކަލްސްއަށް އިންސައްތައެއް ކަނޑައަޅަންވާނެއެވެ. ޕްރެކްޓިކަލްސްދޭ ނަމަ، A2 ޝީޓުގައި އެކަން އެނގޭ ގޮތަށް ޕްރެކްޓިކަލްސްއަށް ލިބުނު ޕޮއިންޓު ވަކިން ހިމަނަންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 3 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 04 އާއި 14 އޮކްޓޯބަރ 2021 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004712 ނަންބަރު ފޯނަށް ނުވަތަ 4004707 ނަންބަރު ފޯނަށެވެ. އީ-މެއިލް [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

20 ޞަފަރު 1443

 27 ސެޕްޓެމްބަރ 2021

 

27 ސެޕްޓެންބަރު 2021
ހޯދާ