ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)247-EDSS/247/2021/71 އިޢުލާނުގައިވާ ތާރީޚްތަކަށް ބަދަލުއައުމާއި ގުޅޭ

 ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:
  (IUL)247-EDSS/247/2021/71 އިޢުލާނުގައިވާ ތާރީޚްތަކަށް ބަދަލުއައުމާއި ގުޅޭ

            ސުރުޙީގައި ބަޔާންކޮށްފައިވާ މަސައްކަތާއި ގުޅޭގޮތުން ކުރެވުނު މި އިދާރާގެ ނަންބަރު (IUL)247-EDSS/247/2021/75         (26 ސެޕްޓެމްބަރ 2021) ގެ އިޢުލާނުގައިވާ ބައެއް ތާރީޚްތައް ފުށުއަރާ ގޮތަށް ހުރުމާއިއެކު އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
            މިހާރު މި މަސައްކަތާއި ގުޅޭގޮތުން ކަނޑައެޅިފައިވާ މުހިއްމު ތާރީޚުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ތަފްޞީލް

މުއްދަތު ހަމަވާ ތާރީޚް

ސުންގަޑި

އޮންލައިން މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓަރީކުރުން

(15 ސެޕްޓެމްބަރ 2021 އިން 05 އޮކްޓޯބަރ 2021 އަށް)

05 އޮކްޓޯބަރ 2021

13:00

އޮންލައިން މަޢުލޫމާތު ސެޝަން

10 އޮކްޓޯބަރ 2021

13:00

ބިޑުފޮތް ވިއްކުން (12 އޮކްޓޯބަރ 2021 އިން 22 އޮކްޓޯބަރ 2021 އަށް)

22 އޮކްޓޯބަރ 2021

13:00

އިތުރު މަޢުލޫމާތު ސާފުކުރުމާއި އޮންލައިން މަޢުލޫމާތު ސެޝަންގައި ކުރެވުނު ސުވާލުތަކުގެ ޖަވާބު ލިޔުމުން ފޮނުވުން

17 އޮކްޓޯބަރ 2021

13:00

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީވުން

(16 ސެޕްޓެމްބަރ 2021 އިން 21 އޮކްޓޯބަރ 2021 އަށް)

21 އޮކްޓޯބަރ 2021

13:00

ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން

24 އޮކްޓޯބަރ 2021

13:00

            އޮންލައިން މަޢުލޫމާތު ސެޝަންގައި ރަޖިސްޓަރީވުމަށްޓަކައި ވިޔަފާރި/ކުންފުނީގެ ނަމާއި އީމެއިލް އެޑްރެސްއާއި، ކުންފުނީގެ ފަރާތުން ގުޅޭނެ ފަރާތެއްގެ ނަމާއި ފޯން ނަންބަރު، 05 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށް ދެއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީވުމަށްޓަކައި ކުންފުނީ/ވިޔަފާރީގެ ނަމާއި، ރަޖިސްޓަރީ ނަންބަރު، ކުންފުނި/ވިޔަފާރީގެ އީމެއިލް އެޑްރެސް، ކުންފުނީގެ ފަރާތުން އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާނެ ފަރާތުގެ ނަމާއި އައި.ޑީ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު 21 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށް ދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީ ކުރައްވާފައި ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

            20 ޞަފަރު    1443

            27 ސެޕްޓެމްބަރ 2021

27 ސެޕްޓެންބަރު 2021
ހޯދާ