ބާރަށު ސްކޫލް، ހއ. ބާރަށް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

މިސްކޫލުންދޭ ކުރެހުމާއި އެއްގޮތަށް އިތުރު ޙަރަކާތުގެ ޔުނީފޯމް އަމިއްލަ ޚަރަދުގައި ފަހައި ދަރިވަރުންނަށް ލިބޭނެ

އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

          ވީމާ، 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިސްކޫލަށް

ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 6 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އަށް

އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަދުވަހުގެ

ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ

ސިޓީއެއް، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުވާނަމަ

އެއީ ކޮން ކުންފުންޏެއް ނުވަތަ ކޮން ނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ

ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތަށް އެދި

ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ

ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީ އުރައިގެ ބޭރުގައި " ހއ. ބާރަށު ސްކޫލުގެ

އިތުރު ޙަރަކާތުގެ ޔުނީފޯމް ފަހައި، ލިބޭނެ އިންތިޒާމް ހަމަޖެއްސުން " މިހެންލިޔެފައި އޮންނަންވާނެއެވެ.

އަދި މީގެ އިތުރުން ބިޑު ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި

އޮންނަންވާނެއެވެ. 

26 ސެޕްޓެންބަރު 2021
ހޯދާ