ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވާރޭވެހޭ ދުވަސްތަކުގައި މިކޯޓުގެ ފުރާޅުންނާއި ފާރުން ކޯޓުތެރެއަށް ފެންލީކުވާ މައްސަލަ ހައްލު ކޮށްދޭނެ ފަރާތެއް ހޯދުން

ވާރޭވެހޭ ދުވަސްތަކުގައި މިކޯޓުގެ ފުރާޅުންނާއި ފާރުން ކޯޓުތެރެއަށް ފެންލީކުވާ މައްސަލަ ހައްލު ކޮށްދޭނެ ފަރާތެއް ހޯދުން

 

ވާރޭ ވެހޭ ދުވަސްތަކުގައި މިކޯޓުގެ ފުރާޅުންނާއި ފާރުން ކޯޓު ތެރެއަށް ފެންލީކުވާ މައްސަލަ ހައްލުކުރުމަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން 9553003 ނަންބަރަށް ގުޅުއްވައިގެން ނުވަތަ މިކޯޓުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްގެން ބޭނުންފުޅުވާ މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު ހަމަ އެދުވަހުގެ (30 ސެޕްޓެމްބަރ 2021)  12:30 އަށް މިކޯޓަށް ޙާޟިރުވެ އެސްޓިމޭޓު ހުށަހެޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 ސެޕްޓެންބަރު 2021
ހޯދާ