ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ އިނާމު ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މި ސްކޫލުގެ 2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބޭނުންވާ ތަކެތީގެ ތަފްޞީލާއި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

2. މި ތަކެތި މި ސްކޫލަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ބީލަމުގައި ރެޖިސްޓްރީވުން އޮންނާނީ 29 ސެޕްޓެމްބަރު 2021 ވާ ބުދަ ދުވަހު 10:00 ގައި މި ސްކޫލްގައެވެ. މި ބައްދަލުވުމުގައި އިނާމު ދިނުމުގެ ޖަލްސާއަށް ސްކޫލުން ބޭނުންވާ ބައެއް ތަކެތީގެ ނަމޫނާވެސް ދައްކާލެވޭނެއެވެ.

3. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 06 އޮކްޓޯބަރު 2021 ވާ ބުދަ ދުވަހު 10:00 ގައި މި ސްކޫލްގައެވެ.

4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޖަމާލުއްދީން ސްކޫލް

މާލެ،

ފޯން: 3324413

އީ-މެއިލް: [email protected]

26 ސެޕްޓެންބަރު 2021
ހޯދާ