ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ފިނޭގެ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

ހދ.ފިނޭގެ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިޢުލާން (IUL/259/2021/66) ގައި މަޢުލޫމާތުގެ ކުށް ބަޔާންކުރެވިފައިވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

މަސައްކަތާއިގުޅޭ މަޢުލޫމާތު

  1. މަގުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތުގެ ވަޒީފާގައި ގެންގުޅެންވާނީ ދިވެހީންނެވެ.
  2. ފިނޭ ކައުންސިލުން ކަނޑައަޅާފައިވާ މަގުތައް މަދުވެގެން ހަފްތާއަކު 1 (އެކެއް) ފަހަރު ކުނިކަހާ ކުނި އުކާލުން. އަދި މަދުވެގެން މަހަކު 1 (އެކެއް) ފަހަރު މަގުތައް ވިނަ ނޮޅައި ސާފުކޮށް އައްތަވާ ޖެހުން.
  3. ކުނި އުކާލުމާއި ކުނި ނައްތާލުމުގައި ޢަމަލުކުރާނީ ފިނޭ ކައުންސިލުން ޢަމަލުކުރަމުންދާ ކުނި އުކާލުމާއި ކުނި ނައްތާލުމާއި ގުޅޭ އުސޫލުގައިވާ ގޮތަށެވެ.
  4. ފިނޭ ކައުންސިލުން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ މަގުތައް މި އިޢުލާނާއި އެއްފަތްކޮށްފައިވާނެއެވެ.
  5. ކުނިކަހާ ސާފުކޮށް ބަލަހައްޓަން ޖެހޭ މަގުގެ އަދަދަކީ 7 (ހަތެއް)
  6. މަސައްކަތުގެ މުއްދަތު: 1 އަހަރު
  7. ސާފުކުރުން ކަމުގައި ބަލަނީ މަގުތަކަށް އެޅިފައިވާ އެންމެހާ ކުންޏާއި ގައުކުނޑި އަދި ފަޅާފައިވާ ވިނަ ނޮޅާ ސާފުކުރުމަށެވެ.
  8. މަގުތަކުގައި އިންދާފައިވާ ނުވަތަ ފަޅައިގެން ހެދިފައިވާ އެއްވެސް ގަހެއް ނުވަތަ ރުކެއް ކަނޑަން ވާނީ ކައުންސިލުގެ ހުއްދަ ލިބިގެން ކައުންސިލުން ފޮނުވާ މީހެއްގެ ހާޒިރުގައެވެ.
  9. މަގުތައް ސާފުކޮށްގެން ނަގާ ކުނި ކުނިކޮށްޓަށް ގެންދަންވާނެއެވެ. އަދި ގައު ކުނޑި ގައު އެޅުމަށް ކައުންސިލުން ކަނޑައަޅާ ތަނަކަށް އަޅަންވާނެއެވެ.

 

 

 

 

 

 

 

ކުނިކަހާ ސަފުކޮށް ބަލަހައްޓަންޖެހޭ މަގުތައް.

  1. ކޮށިމަގު (ފުޅާމިން-48 ފޫޓު)
  2. އާމަގު (ފުޅާމިން-33 ފޫޓު)
  3. ކުޑައިމަގު (ފުޅާމިން-36 ފޫޓު)
  4. ދިމާމަގު (ފުޅާމިން-86 ފޫޓު)
  5. ޒިޔާރަތްމަގު (ފުޅާމިން-54 ފޫޓު)
  6. ބަނދަރު މަގު (ފުޅާމިން-60 ފޫޓު)
  7. ބަނދަރު ސަރަޙައްދު

 

           މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ސެޕްޓެންބަރު 29 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން 6520027/6528116 ނަންބަރު ފޯނާ ގުޅުއްވާ، ނުވަތަ މި އިދާރާއަށް ދުރުވެ، ބިޑްގައި ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2021 ސެޕްޓެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ފިނޭ ކައުންސިލު އިދާރާގައެވެ.  މި މަސައްކަތްކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކުލަބު ޖަމްޢިއްޔާތަކަށެވެ. ބިޑް ހުށައެޅުމަށް އެދި މި އިދާރާގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބިޑް ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަންދާސީ ހިސާބު ހުށައަޅަންވާނީ މަގުތަކަށް ވަކިވަކިންނެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.
  • އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
  • ބިޑް ހުށައަޅަން ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރެވިފައިވާ ސިޓީ ގެންނަން ވާނެއެވެ.

 

ހދ. ފިނޭގެ މަގުތައް ކުނިކަހާ ސާފުކުރުން

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ

ހދ.ފިނޭ ދިވެހިރާއްޖެ

 

  • ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
  • ކުންފުނި/ވިޔަފާރި/ކުލަބު/ޖަމްޢިއްޔާ/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  • ތަޖުރިބާގެ ލިޔުންތައް
  • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • މާކްސް ދެވޭގޮތުގެ ތަފްސީލު:
  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
  • އަގު %85
  • ތަޖުރިބާ
  1. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2021 ސެޕްޓެމްބަރ 29 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 6520027 ނުވަތަ 6528116 ށް ގުޅުއްވުން އެދެމެވެ. 

އީމެއިލް އެޑްރެސް: [email protected]

ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

26 ސެޕްޓެންބަރު 2021
ހޯދާ