ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގެ ދަރިވަރުން ބޭނުންކުރާ ފާޚާނާތަކުގައި ކުރަންހުރި މުހިއްމު މަރާމާތުތަކުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: JS-B/2021/12 އިޢުލާނާއި ގުޅިގެން ހުށަހެޅުނު އެސްޓިމޭޓްތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ ހުށަހެޅުންތައް ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ ތަފްޞީލް އަދި ބިޑް ޑޮކިއުމަންޓް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓްރީ ކުރުމާއި މަޢުލޫމާތު ދިނުން އޮންނާނީ 29 ސެޕްޓެމްބަރު 2021 ވާ ބުދަ ދުވަހު 11:00 ގައި ޖަމާލުއްދީން ސްކޫލުގައެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 06 އޮކްޓޯބަރު 2021 ވާ ބުދަ ދުވަހު 11:00 ގައި ޖަމާލުއްދީން ސްކޫލްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޖަމާލުއްދީން ސްކޫލް
މާލެ،
ފޯން: 3324413
އީ-މެއިލް: [email protected]