ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލުން ދެވޭ ޓްރާންސްޕޯޓް އާއި ގުޅުންހުރި ޚިދްމަތްތަކަށް ޚިދްމަތުގެ އަގު ނެގުމާއި ގުޅޭ

ފާދިއްޕޮޅު އަތޮޅު ކައުންސިލުން ދެވޭ ޓްރާންސްޕޯޓް އާއި ގުޅުންހުރި ޚިދްމަތްތަކަށް އިދާރީ ޚިދްމަތުގެ އަގު 26 ސެޕްޓެމްބަރ 2021 އިން ފެށިގެން ނެގުމަށް، 26 އޮގަސްޓް 2021 ގައި ބޭއްވުނު ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 12 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.

 ކައުންސިލްއިން ދެވޭ ޚިދްމަތްތަކަށް އިދާރީ ޚިދުމަތުގެ އަގު ނެގުމަށް މި އުޞޫލުގެ ތެރެއިން ކަނޑައަޅާފައި މިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ތ) ގެ ދަށުންނެވެ.

  1. އިދާރީ ޚިދުމަތުގެ އަގު ނެގުމަށް ކަނޑައަޅާފައިވާ ޚިދްމަތްތަކާ، ޚިދްމަތްތަކަށް ކަނޑައަޅާ އަގު ( ދިވެހި ރުފިޔާއިން ) ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައި އެވަނީއެވެ.

އޭޒޯން ލައިސަންސް ހަދައިދިނުމުގެ އިދާރީ ޚިދުމަތުގެ ފީ

(އަލަށް ހެދުން، އާކޮށްދިނުން، ކެޓަގަރީ އިތުރުކުރުން، ގެއްލިގެން، މަޢުލޫމާތު ބަދަލުވެގެން)

-/100ރ

ސީ ޒޯން ލައިސަންސް ހަދައިދިނުމުގެ އިދާރީ ޚިދުމަތުގެ ފީ

(އާކޮށްދިނުން، ގެއްލިގެން)

-/50ރ

ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހަދައިދިނުމުގެ އިދާރީ ޚިދުމަތުގެ ފީ

(އަލަށް ހެދުން، އާކޮށްދިނުން، ކެޓަގަރީ އިތުރުކުރުން، ގެއްލިގެން، މަޢުލޫމާތު ބަދަލުވެގެން)

-/100ރ

ކަނޑު އުޅަނދުގެ ސަލާމަތީ ސަރޓިފިކޭޓް ހަދައިދިނުމުގެ އިދާރީ ޚިދުމަތުގެ ފީ

-/100ރ

ކަނޑު އުޅަނދުގެ ސާރވޭ ކުރުމުގެ އިދާރީ ހިދުމަތުގެ ފީ

-/100ރ

ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސަރވޭކުރުމަށް ރަށުންބޭރަށް މުވައްޒަފުން ފޮނުވުމުގެ ޚިދުމަތުގެ ފީ

-/1,000ރ

ރޯޑް ވާރދިނަސް ހަދައިދިނުމުގެ އިދާރީ ޚިދުމަތުގެ ފީ

-/10ރ

އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީ ހަދާދިނުމުގެ ޚިދުމަތުގެ ފީ

-/200ރ

ކަނޑުގެ އުޅަނދުފަހަރު އަލަށްބަންނަން ބޭނުންވާ ފަރާތްތަކަށް އޮޑީނަންބަރު ދޫކުރުމުގެ ޚިދުމަތުގެ ފީ

-/100ރ

 

  1. ކަނޑުގައިދުއްވާ އުޅަނދުފަހަރު ސަރވޭކުރުމަށް ނައިފަރު ފިޔަވައި އެހެން ރަށްރަށަށް މުވައްޒަފުން ފޮނުވައިދެވޭނީ (މަތީގައިވާ ތާވަލުގައި ކަނޑައެޅިފައިވާ ފީގެ އިތުރުން) މުވައްޒަފުންގެ ޓްރާންސްޕޯރޓާއި އެހެނިހެން ޚަރަދުގައި، ޚިދްމަތަށް އެދޭފަރާތުން ޒިންމާވާ ގޮތަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް  އިޢްލާނު ކުރީމެވެ.

26 ސެޕްޓެންބަރު 2021
ހޯދާ