މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                                     ނަންބަރު: IUL-AS-303/2021/53                  

އިޢުލާން

 

އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް

 

          ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ޤާއިމްކުރެވިފައިވާ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ކުންފުނިން ދަނީ ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

          މިގޮތުން ނައިފަރު ބިޒްނަސް ސެންޓަރުގެ ފަރާތުން ނ، ރ، ބ، ޅ މި 4 އަތޮޅުގެ ރަށްތަކުގައި ނުރަސްމީ ދާއިރާގައި ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ (ހޯމްބޭސްޑް ވޯކާސް) ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. މި ޙަރަކާތަކީ މުސްތަޤުބަލުގައި މިފަދަ މަސައްކަތްތައްކުރާ ފަރާތްތަކަށް އެކިގޮތްގޮތުން ފޯރުކޮށްދޭ ފަންނީ އަދި މާލީއެހީތެރިކަށް ފޯރުކޮށްދިނުމުގައި، ވަކި ވަކި ގިންތިއަކަށް އަމާޒު ކުރެވިގެން އެޚިދުމަތް ފަރުމާކޮށް އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރައްވާ މަސައްކަތެކެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ދަތުރުފަތުރު ކުރުމުގެ ނިޒާމް ހަމަޖެހިފައިވާގޮތްތަކުގެ މަޢުލޫމާތު އެކުލަވާލުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރައްވަމުންނެވެ.      

          ވީމާ، މިރަށުގައި ގޭގައި ތިބެގެން އާމްދަނީ ހޯދާ ފަރާތްތަކާއި، އިމާރާތްކުރުމުގެ މަސައްކަތް އަދި އެހެނިހެން މަސައްކަތް ކުރާ ފަރާތްތަކާއި، އޮޑި ދޯނި ފަހަރާއި ލޯންޗް ފަހަރު ދުއްވާ ފަރާތްތަކާއި، ކާރު އަދި ޕިކަޕް ދުއްވާ ފަރާތްތަކާއި، މަސްވެރިކަން އަދި ދަނޑުވެރިކަން ފަދަ މަސައްކަތް ކުރާ ފަރާތްތަކުގެ މަޢުލޫމާތު އެސެންޓަރ އަށް ހުށައެޅުމަށް ވިދާޅުވެފައިވާތީ، އެފަދަ ފަރާތްތަކުގެ މައުލޫމާތު 29 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.                                

          16 ޞަފަރު 1443     

         23 ސެޕްޓެމްބަރ 2021  

                                        

26 ސެޕްޓެންބަރު 2021
ހޯދާ