މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮތޯރިޓީގެ އޮފީސް ހިންގަމުންގެންދާ ބައި ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން ތިރީގައި ދެންނެވިފައިވާ އުސޫލުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައި ބަޔާންކުރެވިފައިވާ ގަޑިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން (އޮތޯރިޓީގެ (ވެލާނާގެ 2 ވަނަ ފަންގިފިލާ) މީޓިން ރޫމް)                                                    

05 އޮކްޓޯބަރ 2021 ވާ އަންގާރަ                      

 14:00

މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3027200 / 3027201 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ނުވަތަ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ.

23 ސެޕްޓެމްބަރ 2021

23 ސެޕްޓެންބަރު 2021
ހޯދާ