އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުތަކެއްޗާއި ވަކަރު ނީލަންކިޔުން

އިޢުލާން  

 

ބައުތަކެއްޗާއި ވަކަރު ނީލަންކިޔުން

                 މިކައުންސިލުން ބައުވެ ހަލާކުވެގެން ނަގާފައިހުރި ބައެއް ތަކެއްޗާއި ވަކަރު ނީލަން ކިޔުން 29 ސެޕްޓެމްބަރު 2021 ވާ ބުދަ ދުވަހު ހެނދުނު 10:30 ގައި ކައުންސިލް ކުރިމަތީގައި އޮންނާނެއެވެ. މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް ކައުންސިލް އިދާރާގެ ކުރިމައްޗައް ވަޑައިގަތުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެ، މިނީލަމުގައި ނަންގަވާތަކެތީގެ ފައިސާ ދެއްކުމަށްފަހު ގިނަވެގެން 2 ދުވަސްތެރޭގައި އެތަނުންނަގައި ތަކެތިނަގާ ތަންސާފުކުރަންވާނެއެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                  16 ޞަފަރު 1443

                  23 ސެޕްޓެމްބަރު 2021

23 ސެޕްޓެންބަރު 2021
ހޯދާ