މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އެމް.ބީ.އޭ 3x3 ޓޯނަމަންޓް 2021

                                      މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 30 ސެޕްޓެމްބަރ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ  އެމް.ބީ.އޭ 3x3 ޓޯނަމަންޓް 2021 ގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން މުބާރާތުގެ ފީބާ 3x3 ލިންކް މެދުވެރިކޮށް 27 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ރެޖިސްޓްރޭޝަން ފުރިހަމަ ކުރެއްވުން އެދެމެވެ.

މުބާރާތުގެ ކެޓަގަރީތައް

  • އޯޕެން ކެޓަގަރީ (ފިރިހެން އަދި އަންހެން)
  • 18 އަހަރުންދަށް (ފިރިހެން އަދި އަންހެން)
  • 15 އަހަރުންދަށް (ފިރިހެން އަދި އަންހެން)

މުބާރާތު މުހިންމު ބައެއް ޤަވާއިދުތައް

  • ފިރިހެން ކެޓަގަރީ –1 ވަނަ ޑިވިޝަން ކުޅުންތެރިން ޓީމެއްގައި ގިނަވެގެން ހިމެނޭނީ 2 ކުޅުންތެރިން.
  • އަންހެން ކެޓަގަރީ – ހުރިހާ ކުޅުންތެރިންނައް ހުޅުވާލެވިފައި.
  • މުބާރާތުގައި ބައިވެރިވެވޭނީ ދިވެހިންނައް އެކެނި.
  • ޓީމްތަކުގައި ހިމަނާ ކުޅުންތެރިން ވާންވާނީ 3x3 ޕްލެނެޓްގައި (https://play.fiba3x3.com) ރެޖިސްޓަރ ކުރެވިފައިވާ ކުޅުންތެރިންނަށް ވުން.

 ލިންކް: https://play.fiba3x3.com/events/1e1f3de9-4130-4136-b131-132ad85c31f8/register

ނޯޓް: މިމުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލާމާތު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

 

22 ސެޕްޓެމްބަރ 2021

23 ސެޕްޓެންބަރު 2021
ހޯދާ