ދިވެހިރާއްޖެ
އިޢުލާން
358 ނަންބަރު ބްލޮކާއި އިންވެގެން އިރުދެކުނަށް އޮންނަ ހުސްބިން ހުސްކުރުމާ ގުޅޭ.
މިކައުންސިލްގެ މަސައްކަތްތައް ހިންގާ ތައިސޭކޮށި 358 ނަންބަރު ބްލޮކާ އިންވެގެން އިރުދެކުނަށް އޮންނަ ހުސްބިމުގައި މިކައުންސިލުން ޑިވެލޮޕްމެންޓްގެ މަސައްކަތެއް ކުރުމަށް ބޭނުންވާތީ، އެބިން ވީއެންމެ އަވަހަކަށް ހުސްކުރުމަށް ބޭނުންވެއެވެ. ވީމާ، އެތަނަށް ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެފަރާތްތައް ވައްދާފައިވާ ތަކެތި، ލަސްވެގެން 30 ސެޕްޓެމްބަރު 2021 ގެ ކުރިން، އެތަނުން ނެރެ އެތަކެތި ގެންގޮސް، އެބިން ހުސްކުރުމަށް އެންގީމެވެ.
އެމުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު މިއިދާރާއިން ނިންމާގޮތެއްގެ މަތިން ޢަމަލުކުރެވޭނެއެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މިއިދާރާއިން ޒިންމާ ނުވާނެ ވާހަކަވެސް އަންގާ އިޢުލާން ކުރީމެވެ.