ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ އިދާރީ އަދި ފަންނީ މަޤާމުތަކުގެ އަސާސީ ޝަރުޠު (9 ވަނަ އިޞްލާޙު) ޢާންމުކުރުން

ސިވިލް ސަރވިސްގެ އިދާރީ އަދި ފަންނީ މަޤާމުތަކުގެ ތެރެއިން، ޖީ.އެސް 3 އަދި ޖީ.އެސް 4 ރޭންކުގެ އިދާރީ މަޤާމުތަކުގެ ޝަރުޠުތައް އިޞްލާޙުކޮށް، "ސިވިލް ސަރވިސްގެ އިދާރީ އަދި ފަންނީ މަޤާމުތަކުގެ އަސާސީ ޝަރުޠު (9 ވަނަ އިޞްލާޙު)" މި ސަރކިއުލަރއާއެކު ޢާންމުކުރީމެވެ.

ވީމާ، 2021 ސެޕްޓެންބަރު 26 ވަނަ ދުވަހުން ފެށިގެން، ޖީ.އެސް 3 އަދި ޖީ.އެސް 4 ރޭންކުގެ އިދާރީ މަޤާމުތަކަށް އިޢުލާންކުރެއްވުމުގައި މި އިޞްލާޙުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް އިޢުލާންކުރެއްވުމަށް ދެންނެވީމެވެ. 

23 ސެޕްޓެންބަރު 2021
ހޯދާ