ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ސައިންސިސްޓް (ޕްރޮމިސް ޕްރޮޖެކްޓް)

މަޤާމް :ސީނިއަރ ސައިންސިސްޓް (ޕްރޮމިސް ޕްރޮޖެކްޓް)
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ސައިންސިސްޓް (ޕްރޮމިސް ޕްރޮޖެކްޓް)

ބޭނުންވާ އަދަދު:

01

އޮފީސް:

ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް/ ކ. މާލެ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

02 އަހަރު

މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު

ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު

އުޖޫރަ:

މަހަކު 20,500/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,000/- ރުފިޔާ

ފީލްޑް އެލަވަންސް:

މަހަކު 5,500/- ރުފިޔާ

މަޤާމުގެ ޝަރުތު:

 

  1. ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 10 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއި ސައެންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 9 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ދިރާސާކުރުމުގެ ތަޖުރިބާ ހުރުމާއެކު، ކުރައްވާފައިވާ ދިރާސާތަކުގެ ތެރެއިން މަދުވެގެން 2 އާރޓިކަލް ޝާއިއުކޮށްފައިވުން
  3. ސައެންސް ނުވަތަ އެންވަޔަރަމަންޓް ދާއިރާގެ މަސައްކަތްކުރުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • ބައިނަލްއަޤްވާމީ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޕްރޮމިސް ޕްރޮޖެކްޓްގެ ކޮންސޯޓިއަމް ޕާރޓްނަރ އޭޖެންސީތަކާއި ގުޅިގެން ހިންގާ ޙަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތައް ކުރުމާއި، ހަރަކާތްތައް ރޭވުމާއި، ހަރާކާތްތައް ހިންގުމުގައި އިސް ދައުރެއް އަދާ ކުރުން.
  2. ޕްރޮޖެކްޓް ގެ ދަށުން އެއްކުރަންޖެހޭ ޑޭޓާއެއް ނެގުމާއި، ނެގޭ ޑޭޓާ ޕްރޮސެސް ކުރުމާއި، ޑޭޓާ ބޭނުންކޮށްގެން ހަދަންޖެހޭ އެނަލިސިސް ގެ މަސައްކަތްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
  3. ކުނިބުނި މެނޭޖުކުރުމާއި ތިމާވެއްޓާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ސިޔާސަތުތައް މުރާޖައާކޮށް ދިރާސާތައް ހެދުން.
  4. ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ ރިސާރޗް ހަރަކާތްތައް ކުރުމުގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
  5. ޕްރޮޖެކްޓްގެ ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި ޕްރޮޖެކްޓް މެނޭޖަރ އަށް ދޭންޖެހޭ އެހީތެރިކަންދިނުން.
  6. ފީލްޑް ވޯރކް އަދި ޕްރޮޖެކްޓާ ގުޅުންހުރި ހަރަކާތްތައް ރާވާ ހިންގުން.
  7. ކުނިބުނި މެނޭޖުކުރުމާއި ޕްލާސްޓިކާއި އަދި މެރިންލިޓަރ ފަދަ ދާއިރާތަކުން ދިރާސާތައް ފަރުމާކޮށް ރިސާރޗް ހަދައި ޢާއްމުކުރުން.
  8. ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން.
  9. ޖާރނަލްތަކާއި މޮނޮގްރާފް ތަކާއި އޮކޭޝަނަލް ޕޭޕަރުތައް ކަރުދާހުގައި އަދި އިންޓަރނެޓްގައި ޝާއިޢުކުރުން.
  10. ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމުގެ ޕްލޭންތައް އެކުލަވާލާ ފަންޑު ހޯދުން.
  11. ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ މަޤްޞަދުތައް ޕްރޮމޯޓް ކުރުމާއި އޮފީހުން ކުރާ ކަންތައްތައް އިޝްތިހާރު ކުރުން.
  12. އަންނަނިވި ކަންތައްތައް ހިމެނޭ ގޮތަށް ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ އައުޓްރީޗް ސްޓްރެޓެޖީ ކުރިއަރުވައި ބެލެހެއްޓުން: މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުން،  ބްރީފިންގ ތަކާއި ޕްރެޒެންޓޭޝަން ތައް ދިނުން، މީޑިއާ މުޢާމަލާތްތައް ކުރުން، ޚާއްޞަ ޕަބްލިކޭޝަންތަކަށް މަޒުމޫނުތަކާއި ޖާރނަލް ތަކުގައި ޕޭޕަރުތައް ޝާއިޢު ކުރުން
  13. ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ މީހުން ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީއަށް އަހުލުވެރިކުރުމަށް ކުދި ތަމްރީނުތައް ރާވައި ހިންގުން.
  14. ޔުނިވަރސިޓީގެ ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ ޕޮލިސީ/ސިޔާސަތުތައް ތަންފީޒުކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 އޮކްޓޫބަރު 06 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

Job Application Form (PROMISE Project)

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345420 ނަމްބަރު ފޯނަށެވެ.
23 ސެޕްޓެންބަރު 2021
ހޯދާ