ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ މޮބައިލް އެޕްލިކޭޝަނެއް ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިއެޖެންސީގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ މޮބައިލް އެޕްލިކޭޝަނެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި އެޖެންސީއިން ކުރިއަށްގެންދާ  އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ މޮބައިލް އެޕްލިކޭޝަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ތައުލީމާއި ތަޖުރިބާ، މަސައްކަތުގެ މުއްދަތާއި އަދި އުޖޫރަ، މި އިޢުލާނާއި އެކު ވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހާ ލިޔެކިޔުންތަކާއިއެކު 07 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި، އަމީނީމަގު) އަށް ނުވަތަ  [email protected] އީމެއިލް އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

23 ސެޕްޓެންބަރު 2021
ހޯދާ