ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ނޭކުރެންދޫ ސްކޫލްގެ މެދުއިމާރާތުގެ ފުރާޅުޓިނު ބަދަލުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

މި ސްކޫލް މެދު އިމާރާތުގެ ޓިނު ބަދަލު ކުރުމާގުޅޭ

                         މި ސްކޫލު މެދު އިމާރާތުގެ ޓިނު ބަދަލުކުރަން ބޭނުންވެއެވެ.

ވިމާ އަމިއްލަ ތަކެތީގައި މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 29ވާ ބުދަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު 2021 އޮކްޓޯބަރ 05 ވާ އަންގާރަ ދުވަހު 11:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މައުލޫމާތު ސާފްކުރަން ވަޑައި ނުގަންނަވާ ފަރާތްތަކާއި ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫން 2014/18 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫން 2014/19 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބުހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭކުރެންދޫ ސްކޫލް / ހދ.ނޭކުރެންދޫ، ދިވެހިރާއްޖެ.

ފޯން:  6520528،6520553

އީ-މެއިލް: [email protected]

23 ސެޕްޓެންބަރު 2021
ހޯދާ