ތިލަދުންމަތީ އުތުރުބުރީ އުލިގަމު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގައި ކުރަންހުރި ބައެއްމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުން

                                                                            ނަމްބަރު: A2MC-A/2021/01-E

އިޢުލާން

             މިކޯޓުގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1-    ބޮޑު ދޮރުތައް ރަނގަޅުކުރުން

2-    ކުޑަދޮރު ފެންލައިންޓްތަކުގައި ބިއްލޫރިޖަހާ ބެއްދުމުގެ މަސައްކަތް.

 

           ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝަޢުގުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު

ސާފުކުރެއްވުމަށްފަހު ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުމުގެ ސެޝަން

30 ސެޕްޓެމްބަރ 2021

ބުރާސްފަތި

10:30

ކޯޓޭޝަން ހުށަހެޅުން

06 އޮކްޓޯބަރ 2021

ބުދަ

10:30

           މި މަސައްކަތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށެވެ. މައުލޫމާތު

ސާފުކުރެއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ކޯޓޭޝަން ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ކޯޓޭޝަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                            ‏14‏ ޞަފަރު‏ 1443

                                           ‏21‏ ސެޕްޓެމްބަރ‏ 2021

                                                     

                                                     

21 ސެޕްޓެންބަރު 2021
ހޯދާ