މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ޓީކް ޓަވަރުގެ އެއްވަނަ ފަންގިފިލާގައި މަސައްކަތެއް ކޮށްދޭނެފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. ބީލަމަށް ހުށަވާލެވޭ ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް "ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ޓީކް ޓަވަރގެ ފުރަތަމަ ފަންގިފިލާ"ގެ ޔުނިޓެއްގެ ރިނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ސިމެންތީގެ މަސައްކަތާއި، ކަރަންޓް ވައިރުކުރުމާ އިންޓީރިއާގެ މަސައްކަތްތަކެވެ. މިމަސައްކަތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނެއެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ބިޑް/ޕްރޮޕޯރސަލް ހުށައެއް ނޭޅުއްވޭނެއެވެ.

 

1.1 މަޢުލޫމާތު ދިނުން:  ތާރީޚް: 28 ސެޕްޓެމްބަރ 2021  ގަޑި:.  14:00

    އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ

  (މަޢުލޫމާތު ސެޝަނަށްފަހު ޢިމާރާތް ބެލުމަށް އަމީނު އެވެނިއުއަށް ވަޑައިގަތުމަށް ތާރީޚާ ގަޑި ހަމަޖެއްސޭނެއެވެ.)

 

1.2 ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: ތާރީޚް: 04 އޮކްޓޯބަރ 2021  ސުން ގަޑި:. 14:00

އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ

 

2. ހުށަހަޅޭ ބިޑް/ޕްރޮޕޯރސަލްގައި ހިމަނަންވާ މުހިންމު މަޢުލޫމާތު

  • މަސައްކަތުގެ ތަފްސީލް
  • މަސައްކަތުގެ އަގު
  • ވޯރކްޝެޑިއުލް ޓައިމްލައިން އާއެކު
  • ބިޑްގެ ވެލިޑިޓީ
  • ވޮރެންޓީ/އާފްޓަރސޭލް ސާރވިސް

 

2.1 މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ޕްރޮޕޯސަލް
  • ވޯރކްޕްލޭން (ޝެޑިއުލް/ޓައިމްލައިން ތަފްސީލްތައް)
  • މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ރިފަރެންސް ލިއުންތައް
  • ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ޕާސްޕޯޓް ކޮޕީ
  • ކުރިމަތިލާ ފަރާތަކީ ކުންފުންޏެއް ނަމަ،
  1. ކޮމްޕެނީ ޕްރޮފައިލް
  2. ކޮމްޕެނީ ރަޖިސްޓްރޭޝަން ކޮޕީ
  3. ޓެކްސް ކްލިއަރެންސް ރިޕޯރޓް
  • ވަކި ފަރުދެއް ނަމަވެސް ޓެކްސް ދައްކަންޖެހޭ ފަރާތެއްކަމުގައިވާނަމަ ޓެކްސް ކްލިއަރެންސް ރިޕޯރޓް ހުށަހަޅަންވާނެއެވެ.

 

3. މާރކްސް ދެވޭ ކްރައިޓީރިއާތަކާއި ދެވޭ މާރކްސް: 

3.1 މަސައްކަތުގެ ތަޖުރިބާ: 30 ޕޮއިންޓް (5 އަހަރު ދުވަސް ހަމަ ނުވާ 3 ރިފަރެންސް ހުށަހެޅުން)

3.2 ހުށަހަޅާ އަގު: 30 ޕޮއިންޓް

3.3 މުއްދަތު: 20 ޕޮއިންޓް

3.4 ވޮރެންޓީ: 15 ޕޮއިންޓް

3.5 ދިވެހި ފަރާތެއްނަމަ: 5 ޕޮއިންޓް

 

4. ބިޑް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

4.1 ވޭތުވެ ދިޔަ ފަސްއަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން. (ކުންފުންޏެއްނަމަ އިސްފަރާތް)

4.2 ޕްރޮޖެކްޓް ހިންގޭފަދަ ފައިނޭންޝަލް ޤާބިލުކަން ހުރުން.

4.3 ޕްރޮޖެކްޓާ ގުޅޭ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވުން

 

5. ބިޑް ޑޮކިއުމެންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް

5.1 ކޮމްޕެނީ ޕްރޮފައިލް އާއި ކޮމްޕެނީ ރަޖިސްޓްރޭޝަން

5.2 ޓެކްސް ކްލިއަރެންސް ރިޕޯރޓް (6 މަސް ދުވަސް ހަމަ ނުވާ)

5.3 ޢިއުލާން ކުރެވޭ ޕްރޮޖެކްޓާ ގުޅުން ހުރި މަސައްކަތްކުރުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއް ނަމަ އެކަން އަންގައިދޭ ލިޔުން.

5.4 ބިޑްގެ ވެލިޑިޓީގެ މުއްދަތު 90 ދުވަހަށް ވުރެ ކުރުނުވުން

5.5 ދެ ފަރާތެއް އެކުވެގެން ބިޑް ހުށަހަޅާނަމަ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން.

5.6 ބިޑް ހުށަހަޅާފަރާތުން ސޮއިކޮށްފައިވާ "ޑިކްލަރޭޝަން އޮފް އެތިކަލް ކޮންޑަކްޓް، ފްރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރު ފޯރމު.

 

6. ބިޑް ބާތިލުވުމާ ބެހޭ މަޢުލޫމާތު

6.1 ދޮގު މަޢުލޫމާތު ދީފައިވާ ބިޑްތައް

6.2 ޕްރޮޖެކްޓާ އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން

6.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދައްވުން

6.4 ބިޑް ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވުން.

6.5 "ޑިކްލަރޭޝަން އޮފް އެތިކަލް ކޮންޑަކްޓް، ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން.

 

7. ޕާރފޯމަންސް ސެކިއުރިޓީ

7.1 މަސައްކަތުގެ އަގު 1,000,000.00ރ (އެއް މިލިއަން ރުފިޔާ) އަށްވުރެ އިތުރުވާނަމަ، ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބިޑްގެ ޖުމުލަ އަގުގެ 15 ޕަސަންޓް ނެގޭނެ. ޕާރފޯރމަންސް ސެކިއުރިޓީގެ ގޮތުގައި ފައިސާ ނުވަތަ ބޭންކް ގެރެންޓީ ބެހެއްޓޭނެ.

 

8. ބިޑަށް ހޮވޭ ފަރާތާ އެކު ހެދޭ އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިއްމުކަންކަން.

8.1 ބިޑް ކާމިޔާބުކުރުމަށްފަހު ކުންފުނީގެ އިހުމާލެއް ނެތި މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނެގުން

8.2 ޕާރފޯރމަންސް ސެކިއުރިޓީ އާ މެދު ޢަމަލުކުރެވޭނެ ގޮތް.

8.3 މަސައްކަތް ލަސްވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ނެގުން.

8.4 މަތީގައިވާ ކަންކަމުގެ އިތުރުން މުހިއްމު ކަންތައްތައް އެއްބަސްވުމުގައި ހިމެނޭނެ

 

9 . އިތުރު މަޢުލޫމާތު

9.1  ބިޑަށް ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން އެންގުމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޝަކްވާއެއް އޮތްނަމަ ޝަކްވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ.

9.2 ބިޑަށް ހޮވުނުކަން އެންގުމަށްފަހު ޕާރފޯރމަންސް ސެކިއުރިޓީ ދެއްކުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ ހޮވުނު ފަރާތް ކެންސަލް ކުރެވޭނެ.

9.3 ބިޑް ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

 

21 ސެޕްޓެންބަރު 2021
ހޯދާ