ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
އޮފީސް މަރާމާތުކުރުން.

އިޢުލާން

ނަމްބަރ: (IUL)GS34/2021/13

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

     މި މަދަރުސާގެ އިޢުލާން ނަމްބަރު (IUL)GS34/2021/10 (01 ޖުލައި 2021( އާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްގެ އަގު ބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން ބިޑްހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  

މަސައްކަތް

މަދަރުސާގެ އޮފީސް މަރާމާތުކުރުން.

          ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތް ޙަވާލުކުރުން

2021 ސެޕްޓެމްބަރ 21 އިން 2021 ސެޕްޓެމްބަރ 27 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް.

މަސައްކަތުގެ މަޢުލޫމާތާއި ސައިޓް ޗެކްކުރުން.

2021 ސެޕްޓެމްބަރ 21 އިން 2021 ސެޕްޓެމްބަރ 27 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

2021 ސެޕްޓެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ށ.އަތޮޅު މަދަރުސާގައި.

 

 މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ، (19/2014) ، (10/96) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " މަދަރުސާގެ އޮފީސް މަރާމާތުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ށ.އަތޮޅު މަދަރުސާ

   ށ.ކަނޑިތީމު

   ފޯން: .6540059

   އީ-މެއިލް: [email protected]

          އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓްގެ  ބީލަމަށް ނަންނޯޓް ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 

 

14 ޞަފަރު    1443 

21 ސެޕްޓެމްބަރ 2021

21 ސެޕްޓެންބަރު 2021
ހޯދާ