މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިޢުލާން

ބ.ދަަރަވަންދޫ މެޖިސްޓްރޭޓް ކޯޓް

ބ.ދަރަވަންދޫ،

ދިވެހިރާއްޖެ 

އަންދާސީ ހިސާބު ބޭނުންވެއްޖެ.

    ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރަންވެފައިހުރި ބައެއްމަރާމާތުތައް ކުރުމާއި، ކޯޓުގެ އެޑްމިންބައިގެ ސީލިންގގައި ކުލަލުމަށް ބޭނުންވެއްޖެއެވެ.

             ވީމާ، އަމިއްލަތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ސެޕްޓެމްބަރު 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،04 އޮކްޓޫބަރު 2021 ވާ ހޯމަ ދުވަހުގެ 10:00އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަފަރުދުންގެވިޔަފާރިތަކުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ތަނުގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.   

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

 

21 ސެޕްޓެންބަރު 2021
ހޯދާ