ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 ކޮޓަރި، 03 ފާޙާނާ، ސިޓިންގްރޫމް އަދި ބަދިގެ ހިމެނޭގޮތަށް، 02 މަސް ދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުން

 

ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ :

                   އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް ޕްރިޖެކްޓްގެ މަސައްކަތްކުރާ އެމްޓީސީސީ މުވައްޒަފުން ތިބުމަށްޓަކައި 03 ކޮޓަރި، 03 ފާޙާނާ، ސިޓިންގްރޫމް އަދި ބަދިގެ ހިމެނޭގޮތަށް، 02 މަސް ދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއުލާނާއި އެކު ހިމެނިފައިވާ ޢިމާރާތް ކުއްޔަށްދިނުމަށް އެދޭ ފޯމް  ހުށަހެޅުއްވުން އެދެމެވެ.

                   ޢިމާރާތް ކުއްޔަށް ދޫކޮށް އެމްޓީސީސީއިން ކުއްޔަށްހިފުމާއިބެހޭ އާންމު މާއްދާތަކާއި ޝަރުތުތައް އަދި ފޯމްއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 ސެޕްޓެންބަރު 2021
ހޯދާ