މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގައި ޢިމާރާތެއް އެޅުމާއި ބެހޭ

މިއިދާރާގެ ނަންބަރ (IUL)283-PS/283/2021/42 (09 ސެޕްޓެމްބަރ 2021) އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ އެއިޢުލާން ބާޠިލްކޮށް، ކުނިކޮށީގައި ހެދުމަށް ހަމަޖެހިފައިވާ ޢިމާރާތުގެ މަސައްކަތް މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 އޮކްޓޯބަރ  2021 ވާ ހޯމަދުވަހުގެ10:00  އަށް މިއިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޟިރުވާ  ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ،ބަދަލުގައި ފޮނުވިކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

19 ސެޕްޓެންބަރު 2021
ހޯދާ