ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހިލޭސާބަހަށް ފިނިމައިޒާންތައް ހެދުމާއިބެހޭ؛

މިރަށުގައި ފިނިމައިޒާން ހެދުމަށް ކައުންސިލުން ނިންމާފައިވާ ތަންތަނުގެ ތެރެއިން މި އިޢުލާނާއި އެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާ ތަންތަން އަގަކާއިނުލައި ޑިޒައިންކޮށް ތަރައްޤީ ކޮށްދިނުމަށް ޝައުޤުވެރިވާ ހޯނޑެއްދޫގެ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ހޯނޑެއްދޫގެ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކުން 2021 އޮކްޓޯބަރ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލްގައި، ތަނުގެ ޑިޒައިނާއި މަސައްކަތް ކުރުމަށް ބޭނުންކުރާނެ މައިގަނޑު ތަކެއްޗާއި މަސައްކަތް އެއްކޮށް ނިންމާލެވޭނެ މުއްދަތު ހިމަނަންވާނެއެވެ.

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ސެޕްޓެންބަރު 2021
ހޯދާ