މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ އިމާރާތްތައް ފޮޅާ ސާފުކުރާނެ އަދި މި މިނިސްޓްރީގައި ނަގާފައި ހުންނަ، ޤައުމީ ދިދަ ނަގައި ބޭލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

 

މި މިނިސްޓްރީގެ ތިރީގައި ބަޔާންކުރެވިފައިވާ އިމާރާތްތައް ފޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 11ވަނަ ފްލޯރ
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 4 ވަނަ ފްލޯ (އެސް.އީ.ޒެޑް އޮފީސް)
  3. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

 

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް (ވެލާނާގޭ ގެ 11 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  28 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ ( ވެލާނާގެ 11 ވަނަ ފަންގިފިލާ).

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް 1691 އަށް ގުޅުއްވުން އެދެމެވެ.

20 ސެޕްޓެންބަރު 2021
ހޯދާ