އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯ ފަރުމާކުރަން ބޭނުންވެއްޖެ

މިކައުންސިލްއަށް ލޮގޯއެއް ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތަށް ހުށައެޅޭ ލޯގޯގެ ތެރެއިން ހޮވާލެވޭ އެންމެ ރީތި ލޯގޯއަކަށް (ކައުންސިލަށް ޤަބޫލުކުރެވޭ ފެންވަރުގެ) -/3000ރ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ކަންތައްތަކަށް ސަމާލުކަންދީގެން ލޯގޯ ފަރުމާކުރުމަށްފަހު 2021 ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  1. އދ. މާމިގިލި ރަމްޒުކޮށްދީނުމާއެކު ފެހުރިހި (ވޭލްސަރކް) ރަމްޒުކޮށްދޭންވާނެ
  2. ލޯގޯގެ ކުލަތައް ކަނޑައަޅާނީ ލޯގޯ ފަރުމާކުރާ ފަރާތުން
  3. ލޯގޯއާއެކު ލޯގޯގައި ބޭނުންކޮށްފައިވާ ކުލަކޯޑް ހުށައަޅަންވާނެ
  4. އެއްވެސް ތަނެއްގައި ބޭނުންކުރާ ކޮޕީއެއްކަމުގައި ވެގެން ނުވާނެ
  5. ލޯގޯގެ ހާޑް ކޮޕީއާއި ސޮފްޓްކޮޕީ (ކޮރަލް ފައިލާއި ފޮޓޯޝޮޕް ފައިލް) [email protected] މެއިލްކުރަންވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ. 

އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

20 ސެޕްޓެމްބަރ 2021

20 ސެޕްޓެންބަރު 2021
ހޯދާ