ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީގެ މެންޑޭޓުގައިވާ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ބޭނުންކުރަމުންދާ ސޮފްޓްވެއަރތައް އިތުރަށް ހަރުދަނާ ކުރުމަށް ސީނިއަރ ޑިވަލޮޕަރއެއް ބޭނުންވެއްޖެ

އިޢުލާން

 

މިއެޖެންސީގެ މެންޑޭޓުގައިވާ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ބޭނުންކުރަމުންދާ ސޮފްޓްވެއަރތައް އިތުރަށް ހަރުދަނާ ކުރުމަށް ސީނިއަރ ޑިވަލޮޕަރއެއް ބޭނުންވެއްޖެ:

 

       މިއެޖެންސީގެ މެންޑޭޓުގައިވާ މަސައްކަތްތައް ހަރުދަނާކޮށް ހިންގުމަށް ބޭނުންކުރަމުންދާ ސޮފްޓްވެއަރތައް އިތުރަށް ހަރުދަނާ ކުރުމަށް ސީނިއަރ ޑިވަލޮޕަރ އެއް ބޭނުންވެއްޖެއެވެ. ސީނިއަރ ޑިވަލޮޕަރގެ ކިބައިގައި ހުންނަންޖެހޭ ތައުލީމާއި ތަޖުރިބާއާއި ، މަސައްކަތުގެ މުއްދަތާއި އަދި އުޖޫރަ، މި އިޢުލާނާއި އެކުގައި ވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ގައި ބަޔާންކުރެވިފައިވާނެއެވެ.

       ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހާ ލިޔުކިޔުންތަކާއިއެކު 28 ސެޕްޓެންބަރު 2021 ވާ  އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ލިޔެކިޔުންތައް  [email protected]އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

 

ސީނިއަރ ޑިވެލޮޕަރ  ހޮވުމުގައި ބަލާނެ ކަންތައްތައް

ތައުލީމީ ފެންވަރު އަދި ތަޖުރިބާ

ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި ކުރެވޭ އިންޓަވިއު

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ 1402 އަށް ގުޅުއްވައި ދެއްވުން އެދެމެވެ.

20 ސެޕްޓެންބަރު 2021
ހޯދާ