ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

މުނިސިޕަލް ކީޕަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް  އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.

އުޖޫރަ:  

އަސާސީ މުސާރަ:  3100 ރުފިޔާ ،

ސާރވިސް އެލަވަންސް 1000 ރުފިޔާ،

ސަޕޯޓިންގ ކޯ އެލަވަންސް 900 ރުފިޔާ،

އެކުޖުމްލަ 5000 ރުފިޔާ

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް ކޮންމެ ދުވަހަކު:

ހެނދުނު 08:00 އިން 10:00 އަށް.

މެންދުރުފަހު 16:00 އިން 20:00 އަށް.

ފެންވަރު ނުވަތަ ޝަރުޠު:

އަސާސީ ތަޢްލީމުގެ ފެންވަރަށް ލިޔަން ކިޔަން ދަތުން.

ޢުމުރުން 55 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. އަމިއްލަ އިސްނެގުމާއެކު މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  2. މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ އަދި ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭ ފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުމާއެކު، ރަށުގެ އެކި ސަރަޙައްދުގައި މަސައްކަތް ކުރެވޭ ފަދަ ޤާބިލުކަން ހުރުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. 1.     އިޖުތިމާޢީ މަރުކަޒުގެ ގޯތިތެރޭގެ ވިނަނޮޅައި ގަސްކޮށައި ސާފުތާހިރުކޮށް ބޭއްވުން، އަދި އިޖުތިމާޢީ މަރުކަޒާއި ތިނަދޫ ކައުންސިލްގެ އިދާރާގެ ވަށައިގެންވާ މަގުތައް ކޮންމެ ދުވަހަކު އެއްފަހަރު ކުނިކަހައި ކުނި ނަގައި ސާފުކުރުން.
  2. 2.     އިޖުތިމާޢި މަރުކަޒުގެ ކުޅިވަރު ހޯލުތަކާއި ކުޅިވަރުކޯޓުތަކާއި ޖިމާއި އޮފީސްބަޔާއި ފާޚާނާތައް ސާފުކޮށް ބެލެހެއްޓުމާއި، އިޖުތިމާޢީ މަރުކަޒުން ޚިދުމަތްދިނުމަށް ބޭނުންކުރާ ތަކެއްޗާއި އާލާތްތައް ސާފުކޮށް ރައްކާތެރިކޮށް ބެލެހެއްޓުން.
  3. 3.     އިޖުތިމާޢީ މަރުކަޒުގައި ބެހެއްޓިފައިވާ ކުޅިވަރު ސާމާނުތަކާއި މެޝިންތަކުގައި ކަރަންޓު ހުރިކަން ދުވަހުން ދުވަހަށް ޗެކުކޮށް ކުޅިވަރު ކޯޓުތަކާއި ކުޅިވަރު ހޯލުގެ ލައިޓްޕޯސްޓް ޗެކުކުރުން.
  4. 4.     އިދާރާއިން ކުލައާއި ދަވާދުދިނުމުން އިޖުތިމާޢީ މަރުކަޒުގެ ބޭރު ފާރުގައި ކުލަލުން އަދި އިޖުތިމާޢީ މަރުކަޒުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުމާއި، އިޖުތިމާޢީ މަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދާ ހައްދާ ބެލެހެއްޓުމާއެކު، އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

29 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

20 ސެޕްޓެންބަރު 2021
ހޯދާ