މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ރ.އަނގޮޅިތީމު ޤަބުރުސްޠާނަށް ކަރަންޓްލައިދޭނެ ފަރާތެއް ހޯދުން

                ރ. އަނގޮޅިތީމު ޤަބުރުސްޠާނަށް ކަރަންޓްގުޅައި ގަބުރުސްޠާނުގައި ލައިޓް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ  ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

          ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ސެޕްޓެމްބަރ  2021 ވާ ހޯމަ ދުވަހުން ފެށިގެން 26 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު ބީލަން ފޮތް ބައްލަވައި ގަތުމަށް ދަންނަވަމެވެ. ބީލަން ފޮތާއި ރަޖިސްޓްރޭޝަން ފޯމް ރަސްމީ ދުވަސްތަކުގެ 8.30ން 12.00 ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ -/100ރުފިޔާއެވެ.   މައުލޫމާތުދިނުން އޮންނާނީ 26 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:15ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ސެޕްޓެމްބަރ 2021ވާ ބުރާސްފަތި  ދުވަހު 13:15 ގައި މި އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. 

       މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ރ. އަނގޮޅިތީމު ކައުންސިލް އިދާރާއަށް އެޑްރެސްކޮށް  " ރ.އަނގޮޅިތީމު ޤަބުރުސްޠާނަށް ކަރަންޓްގުޅުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.  އަދި އަންދާސީ ހިސާބު ހުށަހަޅާނީ ބީލަންފޮތުގައިވާ  ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން އަދި ބީލަން ފޮތް ނުގަންނަ ފަރާތްތަކުން ހުށަހަޅާ ބީލަން ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

      އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއެއް  އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

  މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު %85
  • މަސައްކަތުގެ މުއްދަތު 
  • ތަޖްރިބާ %5

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ. 

 

20 ސެޕްޓެންބަރު 2021
ހޯދާ