މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލްގެ ރޫމް ނަންބަރު 29،30، ސްޓާފްރޫމް އަދި ތިންވަނަ ފަންގިފިލާގެ ނެއްޓިފައިވާ ޓައިލްސްތައް ނަގައި އައުޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 22 ސެޕްޓެންބަރު 2021 12:24 ގައި ބާތިލް ކުރެވިފައެވެ.


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މުޙްޔިއްދީން ސްކޫލްގެ ރޫމް ނަންބަރު 29،30، ސްޓާފްރޫމް އަދި ތިންވަނަ ފަންގިފިލާގެ ނެއްޓިފައިވާ ޓައިލްސްތައް ނަގައި އައުޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ސެޕްޓެމްބަރ 2021 އިން 29 ސެޕްޓެމްބަރ 2021 ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ). އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
  • ކުރިމަތިލާ މަސައްކަތާއި އިޢުލާން ނަންބަރު
  • ރަޖިސްޓްރީ ނަންބަރު.
  • އީމެއިލް އެޑްރެސް.
  • ގުޅޭނެ މޯބައިލް ނަންބަރު.

 3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ސެޕްޓެމްބަރު 2021 ވާ ބްރާސްފަތި ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 30 ސެޕްޓެމްބަރު 2021 ވާ ބްރާސްފަތި 13:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 5. ބީލަން ހުޅުވުން އޮންނާނީ 12 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙްޔިއްދީން ސްކޫލް- ފޯން: 7552792

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected] 

 

13 ޞަފަރު 1443

20 ސެޕްޓެންބަރު 2021
ހޯދާ