ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ (ތިނަދޫ ކެމްޕަސް)

މި އިޢުލާންވަނީ 03 އޮކްޓޫބަރު 2021 08:10 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :އެސިސްޓަންޓް ޑިރެކްޓަރ (ތިނަދޫ ކެމްޕަސް)
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ތިނަދޫ ކެމްޕަސް

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

32

މުސާރަ:

މަހަކު 9,124/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910/50 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7/8ގެ ސަރޓިފިކެޓަކަށްފަހު މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
  2. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5/6ގެ ސަރޓިފިކެޓަކަށްފަހު މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކެމްޕަސްގެ އިދާރީ ހިންގުމުގައި ކެމްޕަސް މެނޭޖަރުގެ އިރުޝާދުގެ ދަށުން އިސްނަގާ އިދާރީ މަސައްކަތްތައް އިސްނަގައިގެން ކުރުމާއި ވިލަރެސް ކުރުން.
  2. ކެމްޕަސްގެ ވަސީލަތްތައް ކަމުގައިވާ ލެކްޗަރ ތިއޭޓަރ،ކްލާސްރޫމް،ލައިބްރަރީ،ކޮމްޕިއުޓަރ ލެބް،އަދި ވޯކްޝޮޕްތައް ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތަކަށް މެއިންޓެއިންކޮށް  ބެލެހެއްޓުން.
  3. ކެމްޕަސްގެ ބަޖެޓް ބެލެހެއްޓުމާއި،ރޭވުމާއި އަދި ދުވަހީ ހިންގުމުގައި މަސްއޫލުވެރިއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުން.
  4. ޚަރަދުކުރެވޭ ފައިސާއާއި ލިބެންޖެހޭ ފައިސާގެ ލިޔެކިޔުންތައް ސަރުކާރުގެ އުސޫލުތަކާއި އެއްގޮތަށް ބެލެހެއްޓުން.
  5. މައިއޮފީހުން އެދިވަޑައިގަންނަވާ މަޢުލޫމާތުތައް ފާސްކޮށް އެއްކޮށް ޔުނިވަރސިޓީއަށް ފޮނުވުމުގައި ހަރަކާތްތެރިވުން.
  6. ހަމަޖެހިފައި އޮންނަ އުސޫލުތަކާއި އެއްގޮތަށް އިކުއިޕްމަންޓްތަކުގެ އިންވެންޓްރީ ބެލެހެއްޓުމާއިއެކު އެތަކެތީ ހާލަތު ބެލުން.
  7. އިދާރީ ހިންގުމާއި އަންނަ ސިޓީ،ފެކްސް،އީމެއިލް ފަދަ ތަކެއްޗަށް ކެމްޕަސް މެނޭޖަރުގެ މަޝްވަރާ ހޯދާ އަވަސްގޮތެއްގައި ޖަވާބު ދިނިނުން.
  8. ކެމްޕަސްގެ އިދާރީ ހިންގުމާއި ގުޅޭ ފައިލިންގް ސިސްޓަމް ބެލެހެއްޓުން.
  9. ކެމްޕަހުގެ އިމާރާތްތަކާއި ފަރުނީޗަރާއި މެޝިނަރީ އިކުއިޕްމަންޓް މަރާމާތްކޮށް ބެލެހެއްޓުން.
  10. ކެމްޕަސްގެ އިދާރީ މުވައްޒަފުންގެ މަސައްކަތް ރާވާ ސުޕަރވައިޒްކުރުމާއި ޑިއުޓީ ތާވަލްކުރުމާއި އަދި ރޭވިފައިވާގޮތަށް މުވައްޒަފުން ޑިއުޓީ ކުރޭތޯ ބެލުން.
  11. އެކައުންޓް ބާކީ ރިޕޯޓް،ޚަރަދު ރިޕޯޓް،ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ކަނަޑައެޅިފައިވާ މުއްދަތައް ފޮނުވުން.
  12. ކޯސްތަކުގައި ބައިވެރިކުރުމަށް ފެކަލްޓީތަކުން ފޮނުވާ ދަރިވަރުން އަންނައިރު ދަތުރުފަތުރު ހަމަޖެއްސުމާއި ދަތިނުވާނޭ ގޮތެއްގެ މަތިން ހަމަޖެއްސުން.
  13. ފެކަލްޓީތަކުން ކެމްޕަހަށް ޒިޔާރަތްކުރައްވާ އެކަޑަމިކް،އިދާރީ ބޭފުޅުންގެ ދަތުރު ފަތުރު އިންތިޒާމް ކުރުން.
  14. ދަނާލުގައި ތިބޭ ދަރިވަރުންނާއި ބެހޭ ކަންތައްތައް ބަލާ އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ވިލަރެސް ކުރުން.
  15. އިދާރީ އަދި އެކަޑަމިކް ހަރަކާތްތަކަށް ހޯދަންޖެހޭ ތަކެއްޗާއި ވަޞީލަތްތައް ހޯދުމާއި އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ކެމްޕަސް ޒީނަތްތެރިކުރުން ފަދަ ކަންތައްތައް އިންތިޒާމްކޮށް ރޭވުން.
  16. ކެމްޕަހުގައި ކުރެވޭ މަރާމާތުގެ މަސައްކަތާއި އިމާރާތްކުރުމުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ފެންވަރު ހިފެހެއްޓުން.
  17. ކެމްޕަހުގައި އުފައްދާ ތަފާތު ކޮމެޓީތަކުގެ އިންތިޒާމް ހަމަޖެއްސުން.
  18. ތަމްރީން ދިނުމުގައި ކެމްޕަހާއި ގުޅޭ ފަރާތްތަކާއި ރަގަޅު ގުޅުންތައް ގާއިމްކޮށް އެގުޅުންތައް ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  19. ކެމްޕަހުގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ ނިޒާމް ބެލެހެއްޓުމާއި މިކަމާއި ގުޅޭ ތަމްރީނުދެވޭ ގޮތްތައް ހަމަޖެއްސުން.
  20. ކެމްޕަހުގެ ކޯސްތައް އިޝްތިހާރުކުރުމުގައި ބައިވެރިވުން.
  21. ވަޒީފާއާއި ގުޅޭގޮތުން ކެމްޕަސް މެނޭޖަރު ހަވާލުކުރާ މިނޫންވެސް އެހެން ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

  • 2021 ސެޕްޓެންބަރު 29 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ތިނަދޫ ކެމްޕަހަށް ނުވަތަ ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

 http://bit.do/MNU-TC-2021-139

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

           http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
20 ސެޕްޓެންބަރު 2021
ހޯދާ