ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރާ ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިޙާނާ ގުޅޭ

ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރާ ފުރަތަމަ ބާ އިމްތިޙާނާގުޅޭ ގޮތުން ގިނަ ފަރާތްތަކަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް އެދެމުން އަންނާތީ ދަންނަވަމެވެ.

ބާ އިމްތިޙާނުގެ ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށްދާ ކަމާއި، ފުރަތަމަ ބާ އިމްތިޙާނު ބޭއްވުމަށް މިހާރު ނިންމިފައިވަނީ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބާ އިމްތިޙާނު ދެވޭނީ މައިގަނޑު ސަބްޖެކްޓް އޭރިއާތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އަންނަނިވި ދާއިރާތަކުންނެވެ.  

1. ކޮންސްޓިޓިޔުޝަނަލް / ޕަބްލިކް ލޯ

2. ކޮންޓްރެކްޓް ލޯ

3. ކްރިމިނަލް ލޯ

4. ޓޯޓް ލޯ

5. ލޭންޑް/ ޕްރޮޕަރޓީ ލޯ

6. މޯލްޑިވިއަން ލީގަލް ސިސްޓަމް

ބާ އިމްތިޙާނުގެ ރެޖިސްޓްރޭޝަނާބެހޭ މަޢުލޫމާތާއި، އިމްތިޙާނުގެ މުޤައްރަރާއި، އިމްތިޙާނު އޮންނާނެ ގޮތާއި، އިމްތިޙާނު އޮންނާނެ ތާރީޚެއް މި އަހަރުގެ ފަހުކޮޅު އިޢުލާނުކުރެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބާ އިމްތިޙާނާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

19 ސެޕްޓެންބަރު 2021
ހޯދާ