މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ބިން ހުސްކުރަން އެންގުން

އިޢުލާން

ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ބިން ހުސްކުރަން އެންގުން

 

 

ށ. ކަނޑިތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި މަސައްކަތް ހަވާލުކުރެވިފައި ވީހިނދު، މިމަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަށް ސައިޓް ޙަވާލު ކުރުމަށްޓަކައި އެބިމުގައިވާ އަމިއްލަ ފަރާތްތަކުގެ ތަކެތި ނަގާ ބިން ހުސްކުރުމަށް ބޭނުންވެއެވެ.

ވީމާ، މިއަދުން ފެށިގެން 14 ދުވަސް ތެރޭގައި (02 އޮކްޓޯބަރ 2021ގެ ނިޔަލަށް) އެބިމުގައިވާ އަމިއްލަ ފަރާތްތަކުގެ ތަކެތި ނަންގަވާ ނިންމެވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ފަހުން އެސަރަޙައްދުގައި ހުންނަތަކެތި ނައްތާލެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ފުޓްބޯޅަދަނޑު ސަރަޙައްދުގެ ޗާޓް މިއިޢުލާނާއި އެކު ޢާއްމުކުރީމެވެ.

12 ޞަފަރު 1443

19 ސެޕްޓެމްބަރ 2021

19 ސެޕްޓެންބަރު 2021
ހޯދާ