އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޑްސެލް ދަނޑު މަރާމާތުކުރުމާއި ގުޅޭ

ފުޓްސެލް ދަނޑު މަރާމާތު ކޮއްދޭނެ ފަރާތެށް ހޯދުން

  • ·         އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު:

އދ. އޮމަދޫ ފުޓްސެލް ދަނޑު ބޮޑުކޮށް ދަނޑުގެ ވަށައިގެން ފެންސް ޖަހާ ކާޕެޓް އެޅުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިބެހޭ:

އދ. އޮމަދޫ ފުޓްސެލް ދަނޑު ބޮޑުކޮށް ދަނޑުގެ ވަށައިގެން ފެންސުޖަހާ ކާޕެޓްއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 19 ސެޕްޓެމްބަރ 2021 އިން ފެށިގެން 29 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި  [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ނަންބަރު 6680542 ފޯނާ ރަސްމީ ގަޑީގައި ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ބޭނުންވާ މަޢުލޫމާތެއް ސާފުކޮށް ނަންނޯޓްކުރެއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ނަން ނޯޓް ކުރައްވާ ފަރާތް ތަކުން އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ފޮނުވަންވާނެއެވެ.

ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ބީލަންތަށް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ބިޑް ހުށަހެޅުން

މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން އދ އޮމަދޫ ކައުންސިލް އިދާރާއަށެވެ.

30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެކަން އަންގަމެވެ.

މިބީލަމުގެ މުއްދަތު ހަމަވާ ތާރީޙްއަކީ ބީލަން ހުށަހަޅާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.

ބިޑް ހުޅުވުން

މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި އދ އޮމަދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު:

ބިޑް ސެކިއުރިޓީ

މާލިއްޔަތުގެ ޤަވާއިދު ނަންބަރު 10.43 ގައިވާ ގޮތުގެ މަތިން ބީލަން ހުށައަޅާފަރާތުން ބިޑް ސެކިއުރީގެ ގޮތުގައި 3000  

(ތިންހާސް) ރުފިޔާ ހުށަހަޅަން ވާނެއެވެ.

ޕާފޯމަންސް ގެރެންޓީ

މާލިއްޔަތުގެ ޤަވާއިދު ނަންބަރު 10.43 ގައިވާ ގޮތުގެ މަތިން ބީލަން ހުށައަޅާފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި 12000

(ބާރަހާސް) ހުށަހަޅަން ވާނެއެވެ.

އެޑްވާން ޕޭމަންޓް

އެޑްވާންސް ޕޭމަންޓްއަށް އެދި ލައްވައިފިނަމަ މާލިއްޔަތު ޤަވާޢިދުގެ 10.67 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 15%  އެޑްވާންސް

 ޕޭމަންޓް ލިބޭނެއެވެ.

ލިކުއުޑޭޓަސް ޑެމޭޖެސް

އެގްރިމެންޓްގައިވާ މުއްދަތަށް މަސައްކަތް ނުނިމޭނަމަ ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.71 ވަނަ މާއްދާ އާއި އެއްގޮތްވާ ގޮތުގެ

މަތީން ލިކުއުޑޭޓަޑް ޑެމޭޖަސް ކެނޑޭނެއެވެ. އަދި އެއްބަސްވުމުގެ އަގުގެ އިންސައްތައަށްވުރެ ލިކުއުޑޭޓަޑް ޑެމޭޖަސް ބޮޑުވެއްޖެ

ނަމަ ކޮންޓްރެކްޓުގެ ނުކުރެވި އޮތްބައި ކޮންޓްރެކްޓަރުގެ އަތުން ވަކިކޮށް، އެއްބަސްވުން ބާޠިލް ކުރެވޭނެއެވެ.

 

ނޯޓް: ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ ހުށަހަޅަން ވާނީ 500،000 (ފަސް ލައްކަ) ރުފިޔާ އަށް ވުރެށް ބޮޑުވާ ބީލަންތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ސެޕްޓެމްބަރ 2021

 

                                                                           ޢިބްރާޙީމް ޢާދިލް

ކައުންސިލްގެ ރައީސް

19 ސެޕްޓެންބަރު 2021
ހޯދާ