ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމާގުޅޭ

މި ކުންފުނި ހިންގުމަށްޓަކައި ތިރީގައި ދެންނެވިފައި އެވާ ރިކުއަޔަމަންޓާއި އެއްގޮތަށް 3 އަހަރު ދުވަހަށް، މަދުވެގެން 4000 އާއި 5000 އަކަފޫޓުގެ އޮފީސް ޖާހައެއް ވަރަށް އަވަހަށް ހޯދުމަށް ބޭނުންވާތީ އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރަސަތު ހުޅުވާލަމެވެ.

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 16 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން  21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި ކުންފުނީގެ ހެޑް އޮފީސް (ހ. ޕަލްމޭރަ، 3 ވަނަ ފަންގިފިލާ، ސޯސަންމަގު) ގައެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު ހެނދުނު 10:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

16 ސެޕްޓެންބަރު 2021
ހޯދާ