މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ބިލެތްފަހީ ޕްރީސްކޫލަށް ވަގުތީ މުދަރިސުން ހޯދުމަށް

އިޢުލާނު

 

މަޤާމު:

ޕްރީސްކޫލް ޓީޗަރ  ( ވަގުތީ  )

މަޤާމުގެ ނަންބަރު:

V-00005

ބޭނުންވާ އަދަދު:

2

މަޤާމުގެ ގިންތި:

ވަގުތީ ( އެއްބަސްވުމުގައި ސޮއިކުރާތާރީޚުންފެށިގެން 30 ޖޫން 2022 ގެ ނިޔަލަށް  )

މަޤާމުގެ ރޭންކު:

ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ޖެނެރަލްސާރވިސް  ( އޮފިސަރ ގުރޭޑް 1 )

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ.ބިލެތްފަހީ ކައުންސިލްގެ އިދާރާ / ށ.ބިލެތްފަހީ ޕްރީސްކޫލް

މުސާރަ:

1700.00 ( އެއްހާސް ހަތްސަތޭކަ ރުފިޔާ ) މަހަކު

ސަރވިސް އެލަވަންސް:

800.00 ( އަށްސަތޭކަ  ރުފިޔާ ) މަހަކު

އެހެނިހެން އެލަވަންސް:

ޚާޟިރީ އެލަވަންސް 47.61 ( ސާޅީސްހަތްރުފިޔާ ފަސްދޮޅަސް އެއްލާރި ) ސޮއިކުރާކޮންމެދުވަހަކަށް 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ޕްރީސްކޫލްގެ  ރަސްމީ ދުވަސްތަކުގައި  ހެދުނު  8:00 ގެ  ކުރިން ކައުންސިލްގެ  އިދާރާއަށް  ޙާޟިރުވެ ހާޟިރީގައި ސޮއިކުރުން

2 - ކްލާހަށް ބޭނުންވާ ލެޝަން ޕްލޭންތައް ޤަވާޢިދުން ހަދާ ނިންމުން.                          

3- ކިޔަވައިދޭން ފެށުމުގެކުރިން ކްލާސްރޫމްގެ ކަންތައްތައް ހުރިނެތް ގޮތްބަލާ ކަންކަން ރަނގަޅަށް އިންތިޒާމްކޮށްބެލެހެއްޓުން.

4- ކުދިންނަށް ބޭނުންވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.

5- އިތުރު ޙަރަކާތްތައް ރާވާ އެޙަރަކާތްތަކުގައި ކުދިން ބައިވެރި ކުރުވުން.

6- ޙަވާލުވެފައިވާ ކްލާހުގެ ބެލެނިވެރިންނާ ކަންކަން ޙިއްސާކޮށް  ރަނގަޅަށް މަޢްލޫމާތު ދިނުމާއި، މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން .

7- ކްލާހުގެ ކަންކަން ކުރުމުގައި ކުދިންނާ، ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރުން.

8- ކުދިންނަށް އަންނަމުންދާ އަޚްލާޤީ ބަދަލުތައް ދެނެގަނެ، ބެލެނިވެރިންނަށް ރަނގަޅަށް އެންގުމާއި އެކު، ބެލެނިވެރިންގެ ލަފަޔާއި މަސްވަރާހޯދުން .

 9- ކްލާސްތެރޭގައި  އެއްވެސް ކުއްޖަކަށް ތަފާތު ކުރުމެއްނެތި  ހުރިހާ ކުދިންނަށް ހަމަހަ ގޮތެއްގައި ކަންތައްތައް ކޮށްދިނުން

10- މީގެ އިތުރުންވެސް ޕްރިސްކޫލްއާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން .

11- ކުދިން ސްކޫލަށް އައުމުން އެކުދިންނަށް ބޭނުންވާ ކަންތައްތައް ކޮށްދީ ، ރައްކާތެރިކަމާއި އެކު އެކުދިން ބެލެހެއްޓުން

12- ސްކޫލްގައި އިދާރީ މުއައްޒަފެއްނެތް ޙާލަތެއްގައި ސްކޫލްގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސަތްކަތްކުރުން.

13- ކުއްލިގޮތެއްގައި  ކުއްޖަކަށް ދިމާވާ ސިއްޙީ އަދި އިމަޖެންސީ ކަންކަން ވެވުނު  އެންމެ އަވަހަކަށް ކުއްޖާގެބެލެނިވެރިންނަށް އެންގުމާއިއެކު، އެވަގުތަކަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް މިންވަރަކުން އެކުއްޖަކަށް އެހީތެރިކަންފޯރުކޮށްދިނުން.

14- ޕްރީސްކޫލްގެ ބެލެނިވެރިން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ، އެކަމަށް އެއްބާރުލުން ދިނުން.

15- ޕްރީސްކޫލަށް ނުވަތަ  ޕްރީސްކޫލްގެ  ބެލުމުގެ ދަށުގައިވާ  ތަނަކަށް ނުވަތަ އެއްޗަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް ކައުންސިލްގެ އިދާރާއަށް އެންގުން.

16  -  ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ   އެފަދަ ނިންމުންތައް    ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .

 

މަޤާމުގެ ޝަރުޠުތައް:

1 - މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ޕްރީސްކޫލަށް ޙާއްސަވެފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 1 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ

2 - މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ޕްރީސްކޫލަށް ޙާއްސަ ނުވަތަ އާރލީ ޗައިލްޑްހުޑް ކެއަރގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުން ލެވެލް 1 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ

3 - މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ޖީސީއީ އޯލެވެލް / ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޚާނަކުން ސެޓްފިކެޓް ހާސިލްކޮށްފައިވުން ނުވަތަ

4 - މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ޖީސީއީ އޯލެވެލް / އިމްތިޚާން ފުރިހަމަކޮށް މަސައްކަތާއި ގުޅޭ 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

ޢާރލީ ޗައިލްޑް ހުޑް ކެއަރ ، ޖީ ސީ އީ އޯލެވެލް

މި މަޤާމަށް ޕްރިފަރޑް ޑިސިޕްލިން ކަނޑައެޅިފައެއް ނުވެއެވެ .

މި މަޤާމަށް ކޯ ޑިސިޕްލިން ކަނޑައެޅިފައެއް ނުވެއެވެ .

ގުޅޭވަޒީފާގެ ދާއިރާތައް : ތައުލީމީ ދާއިރާ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

1- ޝަރުތު 1 ގައި ހިމަނާފައިވާ ލިޔުންތައް ހުށަހަޅާފައިވާނަމަ އެފަދަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ .

(އިދާރާއިން ބޭނުންނަމަ، ކްރައިޓީރިއާ ޓޭބަލް މިތަނުގައި ވަކިން ހިމެނިދާނެއެވެ. އަދި ކްރައިޓީރިއާގައި ހިމަނާފައިވާ ބައިތަކުގެ އިތުރުން އެހެން ބައެއް ހިމަނާނަމަ، އެކަން މި ބައިގައި ބަޔާންކުރަންވާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހު ގެ 12:00 ގެ ކުރިން، ށ.ބިލެތްފަހީ ކައުންސިލްއިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާނަމަ ، އޮފީހަށް އެޕްލިކޭޝަން ލިބުނުކަން ކަށަވަރުކުރަންވާނެއެވެ .

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ، އަދި އިމްތިޚާން އޮންނާނީ،26 ސެޕްޓެމްބަރ 2021 އާއި 30 ސެޕްޓެމްބަރ  2021 އާއި ދެމެދު، ށ.ބިލެތްފަހީ ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި/ގެޒެޓް/އަދި މިއިދާރާގެ ނޯޓިސްބޯރޑްގައ އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

16 ސެޕްޓެންބަރު 2021
ހޯދާ