ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ 2021 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވޭ ތަން ބަދަލުވުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ 2021 ވަނަ އަހަރީ ޢާންމު ޖަލްސާ ވަނީ 18 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައެވެ. މިގޮތުން މިބޯޑުގެ އޭޖީއެމް ބާއްވާ ތަން ބަދަލުވެފައިވާތީ އެކަން އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރަމެވެ. ވީމާ އޭޖީއެމް ބާއްވާ ދުވަހާއި، ގަޑިއާއި އަދި ތަން ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.

 

އޭޖީއެމް ބޭއްވޭނޭ ތާރިހް:- 18 ސެޕްޓެމްބަރ 2021

ގަޑި:- 16:00

ތަން:- ސޯޝަލް ސެންޓަރ / ސެމިނަރ ރޫމް

 

2021 އާންމު ޖަލްސާގެ އެޖެންޑާ

  1. ތައާރަފް
  2. 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމާއި އެކު ފާސްކުރުން
  3. 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުން
  4. 2021 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުން
  5. 2021 ވަނަ އަހަރު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އޮޑިޓް ކުރާނެ ފަރާތެއް ހޮވުން.
  6. މެންބަރުން ހުށައަޅާފައިވާ ހުށައެޅުންތައް.
  7. އެހެނިހެން ކަންތައް

      

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ. 

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

އީމެއިލް: [email protected]

16 ސެޕްޓެންބަރު 2021
ހޯދާ