ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑުކުރެވިފައިވާ މުވައްޒަފުން ދައުލަތުގެ އެހެން އިދާރާއެއްގެ މަޤާމަކަށް ބަދަލުވާން އެދޭނަމަ އެ އިދާރާއަކަށް ބޮންޑު ބަދަލުކުރުމާ ގުޅޭ

ދިވެހި ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް އެއްބަސްވެ، ބޮންޑު ކުރެވިގެން ކޯސްތަކަށާއި، ތަމްރީނުތަކަށް ފޮނުވާ ސިވިލް ސަރވިސްގެ މުވައްޒަފުން، ސިވިލް ސަރވިސްގައި އެ މުވައްޒަފު ހުރި މަޤާމުން ވަކިވެ، ސިވިލް ސަރވިސް ނޫން ދައުލަތުގެ އެހެން އިދާރާއެއްގެ ވަޒީފާއަކަށް ބަދަލުވާން އެދޭ ހާލަތުގައި، އެ މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއިން އިޢުތިރާޟުނުކުރާ ނަމަ، ދައުލަތުގެ އެހެން އިދާރާއެއްގެ ވަޒީފާއަކަށް އެފަދަ މުވައްޒަފަކަށް ބަދަލުވެވިދާނެއެވެ. އެ ގޮތުން މުވައްޒަފު އަދާކުރަމުންދިޔަ ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެ، ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުވާ އިރު، ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުއްދަތަށް ޚިދުމަތް ކުރުމަށް ބޮންޑު ބަދަލުކުރެވޭނެއެވެ.

16 ސެޕްޓެންބަރު 2021
ހޯދާ