ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ރިނބުދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ބައެއް އިމާރާތްތައް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތްތަކެއް ހޯދުން

c

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.

ރިނބުދޫ. ދ.   

ދިވެހިރާއްޖެ.   

ނަމްބަރ: (IUL)377/377/2021/11

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ދ.ރިނބުދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ބައެއް އިމާރާތްތައް ކުނިކަހައި ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން.

                 

ދ.ރިނބުދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތިރީގައިވާ އިމާރާތްތައް ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހަށް ކުނިކަހާ ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަމްބަރު (IUL)377/377/2021/10 (05 ސެޕްޓެމްބަރ 2021 ) އިޢުލާނާ ގުޅިގެން 3 ފަރާތަށް ވުރެ މަދުން އަގު ހުށަހަޅާފައިވުމާ އަދި ހުށަހަޅާފައިވާ ބައެއް އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.  

 

1-      ދ. ރިނބުދޫ ކުރީގެ ހުކުރު މިސްކިތް

2-      ދ.ރިނބުދޫ އެދުރުގެ

3-      ދ.ރިނބުދޫ ޔޫތުސެންޓަރ

 

ރަޖިސްޓްރީ ކުރުން:

         

އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދ.ރިނބުދޫ ކައުންސިލުގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 22 ސެޕްޓެމްބަރ 2021 ވާ ބުދަ އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި ދ.ރިނބުދޫ ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

 

މައުލޫމަތު ދިނުމުގެ ބައްދަލުވުން:

 

            މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ  ބައްދަލުވުން އޮންނާނީ 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 10:30 ގައި، ދ.ރިނބުދޫ އެދުރުގޭގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުން :

           

މިމަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ދ.ރިނބުދޫ އެދުރުގޭގައި އަންދާސީ ހިސާބު  ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު  ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން:

 

            މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 22 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

09    ޞަފަރު    1443

16 ސެޕްޓެމްބަރ   2021

 

 

 

16 ސެޕްޓެންބަރު 2021
ހޯދާ