މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށްޓަށް އަމިއްލައަށް ކުނި ގެންދިއުމަށް ކަނޑައެޅިފައިވާ ގަޑި ބަދަލުވުން

އިޢުލާން

ކުނިކޮށްޓަށް އަމިއްލައަށް ކުނި ގެންދިއުމަށް ކަނޑައެޅިފައިވާ ގަޑި ބަދަލުވުން

 މި އިދާރާގެ ނަންބަރު: (IUL)305-ME305/305/2021/60 (08 ސެޕްޓެމްބަރ 2021) އިޢުލާނުގައި، އަމިއްލައަށް ކުނި ގެންދާ ފަރާތްތަކުން ކުނި ގެންދިއުމަށް ކަނޑައެޅިފައިވާ ގަޑި ތިރީގައި މިދަންނަވާ ގޮތަށް ބަދަލު ގެނެވިފައިވާ ވާހަކަ ދަންނަވަމެވެ.

މިގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން ހަވީރު 17:00 އަށް އަމިއްލައަށް ކުނިކޮށްޓަށް ކުނި ގެންދާ ފަރާތްތަކުން ކުނި ގެންދިއުމަށް ދަންނަވަމެވެ. އަދި ކުނި އަޅަންވާނީ ތަފާތު ކުނިތައް ވަކިން އެޅުމަށް ބައިކުރެވިފައިވާ ތަންތަނަށް ކުނީގެ ބައިތައް ވަކިންނެވެ.  

ކުނިކޮށްޓަށް ކުނި ގެންދިއުމުގެ ކުރިން ނަންބަރު: 7525226 ފޯނަށް ގުޅުއްވާ އެކަން އެންގެވުމަށްފަހު އެފަރާތުގެ އިރުޝާދާއި އެއްގޮތަށް ކުނިގެންގޮސް ކުނީގެ ބައިތައް ވަކިން ބެހެއްޓެވުމަށް ދަންނަވަމެވެ. އަދި އަމިއްލައަށް ކުނި ގެންދާ ފަރާތްތަކުން ދައްކަވަންޖެހޭ ގޭޓް ފީ ގަވާއިދުން ދެއްކުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09  ޞަފަރު  1443

16 ސެޕްޓެންބަރު 2021
ހޯދާ