މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާނު

 ނަމްބަރ: (IUL)330-B/330/2021/23

އިޢްލާން

 

             ކާށިދޫ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯފެން ރައްކާކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގައި އެހީތެރިވެދިނުމާއި، އަލަށް އާބާދުވާ ފަރާތްތަކަށް ބޯފެން ރައްކާކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގައި އެހީތެރިވެދިނުމާއި، ސާފު ބޯފެން ރަޢްޔިއްތުންނަށް ފޯރުކޮށް ދިނުމާއި، އަދި ދިގުމުއްދަތުގައި އަގު އަދާކުރެވޭފަދަ ލުއިފަސޭހަ ގޮތަކަށް ކަޅުހަން ދޫކުރުމުގެ މަޤްޞަދުގައި ކާށިދޫ ކައުންސިލުން ކުރިއަށް ގެންދާ ކަޅުހަން ދޫކުރުމުގެ މަޝްރޫޢްގެ ދަށުން 2500 ލީޓަރުގެ 20 ކަޅުހަން ގެނައުމަށްވަނީ ހަމަޖެހިފައެވެ. މިފަހަރު މިގެނެވޭ ހަންތައް ދޫކުރެވޭނީ  " ކާށިދޫ ކައުންސިލުން ކަޅުހަން ދޫކުރާ އުޞޫލު" ގެ ދަށުން އެކަމަށް އެދި ފޯމު ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތީ ޕޮއިންޓް ލިބޭ20  ފަރާތަށެވެ. އަދި ކަޅުހަން ލިބޭ ފަރާތާއި ކާށިދޫ ކައުންސިލާއި ދެމެދު ކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

       ވީމާ، މިއަދުން ފެށިގެން ކަޅުހަން ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާއިން ފޯމު ނެއްގެވުމަށް ފަހު، 23 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމު ހުށައެޅުއްވުން އެދެމެވެ. އަދި ފޯމާއި ކަޅުހަން ދޫކުރާ އުޞޫލު މިއަދުން ފެށިގެން ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

16 ސެޕްޓެންބަރު 2021

 

 

                                  ސަހުލާ ޒާހިރު

                                  ކައުންސިލްގެ ނާއިބު ރައީސް 

16 ސެޕްޓެންބަރު 2021
ހޯދާ