މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ

134-HR/I/2021/61 :ނަމްބަރ 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު    

 ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް ، 1 އަހަރު ދުވަހުގު މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އޮޕަރޭޝަންސް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓް، މިފްކޯ ހެޑްއޮފީސް، މާލެ

މުސާރަ:

8360.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

 ގްރޭޑް 10 ނުވަތަ ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

-  މިފްކޯ ޓްރާންސިޓްވެއާރހައުސްއަށް ލިބޭމުދާތަށް ބަލައިގަތުމާއި އިންސްޕެކްޓްކުރުން.

- ވެއާރހައުސްއަށް ލިބޭ މުދަލުގެ ތަފްޞީލް ޖީ،ޑީ،އެން ހަދާފަރާތައް ފޯރުކޮށްދިނުން.

- މިފްކޯގެ ސައިޓްތަކަށް ފޮނުވާމުދާ ލޯރޑްކުރުމާއި އަދި ސައިޓްތަކުންފޮނުވާ މުދާ އަންލޯރޑްކުރުމުގެ އެންމެހާ މަސައްކަތްކުރުން.

- ކުންފުނީގެ އެކި ސައިޓުތަކަށާއި ހެޑްއޮފީހަށް ގެންނަ މުދާ ގުދަނުން ހަވާލުވެ ފޮނުވަންޖެހޭ ސައިޓަތަކަށް ފޮނުވުން.

- މަރާމާތުކުރުމަށާއި ބަދަލުކުރުމަށް ގެނެވޭ މުދަލުގެ ސްޓޭޓަސްއާއި ރެކޯޑް ބެލެހެއްޓުން.

- ވެއަރހައުސްގެ ސާފްތާހިރުކަން ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

 

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 23 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ މިފްކޯ ހެޑްއޮފީސް، މާލޭގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

16 ސެޕްޓެންބަރު 2021
ހޯދާ