މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މޮނިއުމަންޓް ފަރުމާކުރުން

 އިޢުލާން

 ރަށުގެ މޮނިއުމަންޓް ފަރުމާކުރުން

 ރ. މާކުރަތުގެ މޮނިއުމަންޓް ފަރުމާ ކުރުމުގެ މުބާރާތެއް މިކައުންސިލުގެ ފަރާތުން މުޅި ރާއްޖެއަށް ހުޅުވާލަމެވެ.

މި މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު މޮނިއުމަން ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 1,000.00 (އެއް ހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ހުރިހާ ޢުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

ވީމާ، ރ. މާކުރަތުގެ މޮނިއުމަންޓް ފަރުމާ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފަރުމާކޮށްފައިވާ މޮނިއުމަންޓް ހުށަހެޅުއްވުން އެދެމެވެ. މޮނިއުމަންޓް ފަރުމާކޮށް ހުށަހަޅުއްވާނީ " ރަށުގެ މޮނިއުމަންޓް ފަރުމާކުރުމުގެ މަޢުލޫމާތު ކަރުދާސް" ގައި ވާގޮތަށެވެ. މި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ވަނީ އާންމު ކުރެވިފައެވެ.

މި ގޮތުން ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި "މާކުރަތު މޮނިއުމަންޓް ފަރުމާ ކުރުމުގެ މުބާރާތް" ޖައްސަވަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09  ޞަފަރު  1443

16 ސެޕްޓެންބަރު 2021
ހޯދާ