އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި ޖަނެރޭޓަރުތަކެއް ވިއްކާލުމަށް

ނަންބަރު: A/IUL/344/2021/34

ޢިއުލާން

 ސިޓީލާ ނީލަން ކިޔުން:

       މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތިރީގައިމިވާ ޖަނެރޭޓަރތައް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

1

ޖަނެރޭޓަރ: ކަމިންސް، 187KW

ކޮންޑިޝަން: މަރާމާތުކުރަންޖެހިފައި

ނީލަން ހުށައަޅާ އަގު: 10000.00 (ދިހަހާސް ރުފިޔާ) 

2

ޖަނެރޭޓަރ: ކަމިންސް، 28KW

ކޮންޑިޝަން: މަރާމާތުކުރަންޖެހިފައި

ނީލަން ހުށައަޅާ އަގު: 10000.00 (ދިހަހާސް ރުފިޔާ)

3

ޖަނެރޭޓަރ: ޑޮއިސް، 40KW

ކޮންޑިޝަން: މަރާމާތުކުރަންޖެހިފައި

ނީލަން ހުށައަޅާ އަގު: 10000.00 (ދިހަހާސް ރުފިޔާ) 

 

         

 

 

 

 

 

 

 

        ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މިތަކެތި ބައްލަވާ ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށައަޅުއްވާ އެންމެމަތީ އަގު 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

        އަގު ހުށައަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކޮންމެ ޖަނެރޭޓަރަކަށް ވަކިންނެވެ. އަދި ކޮންމެ ޖަނެރޭޓަރަކަށްވެސް އިތުރު ކުރެވޭނީ މަދުވެގެން 500.00 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) އެވެ. މިތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން މިކައުންސިލަށް ފައިސާ ދެއްކުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނުވަތަ ތަކެތި ނުގެންދަވައިފިނަމަ އަލުން މިތަކެތި ނީލަމަށް ލެވޭނެކަމާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަކަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ. މި ތަކެތި ބައްލަވަން ނުވަތަ މަޢުލޫމަތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން  މިއިދާރާގެ މެއިލް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

                      08 ޞަފަރު 1443

15 ސެޕްޓެންބަރު 2021
ހޯދާ