ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބަނދަރު ސަރަޙައްދު ޑިޒައިން ކުރުމާއި ގުޅޭ

 މިރަށު ބަނދަރު ސަރަޙައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާތީ، ތިރީގައި ދެންނެވިފައިވާ ބައިތަށް ހިމަނައިގެން ރަށުގެ ބަނދަރު ސަރަޙައްދު  ޑިޒައިންކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

 ވީމާ، ރަށުގެ ބަނދަރު ސަރަޙައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 14 އޮކްޓޯބަރު 2021 ވާ ބުރާސްފަތި  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މިއިދާރާއަށް، ކޮންސެޕްޓް ހުށަހެޅުއްވުން އެދެމެވެ.

ބަނދަރު ޑިޒައިން ކުރާއިރު އަންނަވި ބައިތައް ކުރެހުމުގައި ހިމަނަން ވާނެ

  • ރަސްމީ ފާލަން
  • ލޯކަލް މާރުކޭޓް
  • މަސް މާރުކޭޓް
  • ކޮމާރޝިއަލް އޭރިޔާ ( ފިހާރަތަކާއި ސައި ހޮޓާ ރެސްޓޯރެންޓް )
  • އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް
  • ބަނދަރުގެ މަގުތައް ޑިޒައިން ކުރާނެގޮތް
  • ބަނދަރު ފެހިކުރުމަށް ގަސް އިންދުން
  • ޕޭ ޓޮއިލެޓް
  • ވިޔަފާރި ގުދަންތައް
  • ތެޔޮ ވިއްކާތަންތައް ރިލޮކޭޓްކުރާނެގޮތް
  • ބަނދަރު އޮފީސް
  • މީހުން އިށީނުމަށް ހަޓް / ބެންޗު

( މަތީގައި ދެންނެވިފައިވާ ބައިތަކުގެ އިތުރުންވެސް  ބަނދަރު ސަރަޙައްދުގެ ޑިޒައިން ކޮންސެޕްޓް ތައްޔާރުކުރާއިރު އިތުރު ބައިތަށް ހިމަނަށް ބޭނުންވާނަމަ، އެބައިތަށް ކުރެހުމުގައި ހިމަނިދާނެއެވެ. )

މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 7929239 ނަންބަރު ފޯނާ ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.  

15 ސެޕްޓެންބަރު 2021
ހޯދާ