ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

ނަމްބަރ:( IUL)252/252/2021/43 

އިޢުލާނު

 

            މިއިދާރާގެ ނަމްބަރު (IUL)252/252/2021/40 އިޢުލާން ބާތިލްކޮށް ،ހއ.ފިއްލަދޫ ގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަން

           ހއ.ފިއްލަދޫ ގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.

ބީލަން ރަޖިސްޓްރީކުން

           ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ވަގުތު

ބީލަން ރަޖިސްޓްރީ ކުރުން

14 ސެޕްޓެމްބަރު 2021 – 22 ސެޕްޓެމްބަރު 2021

08:00 ން 14:00

މައުލޫމާތު ސާފްކުރުން (އީމެއިލްގެ ޒަރީއާއިން)

23 ސެޕްޓެމްބަރު 2021

11:00

އަންދާސީ ހިސާބު ހުށައެޅުން

27 ސެޕްޓެމްބަރު 2021

11:00

 

           ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން  " ބީލަން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް " ފުރިހަމަ ކުރުމަށް ފަހު ހުށައެޅުން އެދެމެވެ. ފޯމް މިއިދާރާއިން ލިބެންހުންނާއެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް ([email protected]) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ.  ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫން ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށައެޅުން

            މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށް ހއ.ފިއްލަދޫ ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ގަޑި ޖެހުމަށް ފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތަކާއި، މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވަންވާނެއެވެ. އަދި ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.

             މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ : 6500023 އެވެ.

       މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

08 ޞަފަރަ 1443

14 ސެޕްޓެމްބަރު 2021

14 ސެޕްޓެންބަރު 2021
ހޯދާ